ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީޑީޕީ ދައްވުމަކީ އިގްތިސާދީ މާޔޫސްކަމެެއްގެ ކޮޅުމަތި: މެމްބަރު ސައީދު

މުހައްމަދު ސައީދު... ފޮޓޯ:މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެެރިކަމުގެ ނިސްބަތް (ޖީޑީޕީ) ދަށްވެ، އިގްތިސާދީ ދުވެލި މަޑުވުމަކީ އިގްތިސާދީ ގޮތުން އަންނަ މާޔޫސް ކަމެއްގެ ކޮޅުމަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެހެން ވިދާޅުވީ، އެމްއެމްއޭއިން އާއްމު ކުރި މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބުތަކުން ރާއްޖޭގެ ޖީޑީޕީ ދަށްވިކަން ހާމަވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސައީދު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އުޒުރުތައް ނުދައްކާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކޮށް، މަޝްރޫއު ތައް ކުރިއަށް ގެންދެވުމަށް ގޮވާލައްވާފައެވެ.

 

https://twitter.com/em_saeed/status/1176068055354363905

ސައީދު އިތުރަށް ވިދާޅުވީ، އަދުގެ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޕްލޭން ކުރުމަށް 10 މަސް ދުވަހަކީ ވަރަށް ދިގު މުއްދަތެއް ކަމަށެވެ.

އަދުގެ ސަރުކާރުގެ ތަރައްގީގެ ދުވެލި ލަސްވުމުގެ ވާހަކައަކީ ރައްޔިތުންނަށް އާ ވަހަކައަކަށް ނުވާނެއެވެ. އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔާނީ ސަރުކާރުގެ ދުވެލި މަޑުކަމުންނެވެ.

އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބްލެޓިން ގައިވާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަގައި ރާއްޖޭގެ ޖީޑީޕީ ހުރީ 4.7 ޕަސެންޓުގަ އެވެ. ނަމަވެސް މި އަހަރު ޖީޑީޕީ ވަނީ 3.1 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑުޖެހުނު މައިގަނޑު ސަބަބެއް ކަމަށް އެ ރިޕޯޓްގައި ބުނެފައި ވަނީ އިމާރާތް ކުރުމުގެ ދާއިރާ ކުރި ނޭރުމެވެ. އެ ދާއިރާއަށް އެތެރެ ކުރާ އުފެއްދުންތައް މަދުވެ، މުޅި ސިނާއަތް ދަށަށް ގޮސް ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިއަށް ވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: