ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާ މާދަމާ!

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ.

މެމްބަރުން ޗުއްޓީގައި ވަނިކޮށް މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވާ މިއީ ދެވަނަ ފަހަރެވެ.

މާދަމާގެ ޖަލްސާގައި ތާވަލުކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސަކު ކަނޑައެޅުމަށްޓަކައި ފޮނުވާފައިވާ މައްސަލަ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ނައިބު ރައީސަކު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވުން ހިމެނެ އެވެ.

މީގެއިތުރުން މާދަމާގެ ޖަލްސާގައި އާންމުންގެ ހިޔާލު ހޯދުމުގެ ބިލުގެ ކޮމިޓީ ރިޕޯޓާއި މެދު ގޮތެއް ނިންމުން ވެސް ކުރިޔަށް ގެންދާނެ އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވާއިރު، މިވަގުތު އެންމެ ހޫނުވެފައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދު ވެސް ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ އިރު އެ ބިލާއި ގުޅުން ހުރި މަސައްކަތެއް ކުރިޔަށް ގެންގޮސްފައި ނުވެ އެވެ.

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމާފައި ވަނީ، ބިލާއި މެދު މި މަހުގެ 15 ގެ ކުރިން ގޮތެއް ނިންމުމަށެވެ.

ކުރިން ބެލެވިފައި އޮތީ މާދަމާ ޖަލްސާއެއް ބާއްވަނީ، މީޑިއާ ބިލާއި މެދު ގޮތެއް ނިންމުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: