ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ދޮގުތަކަށް ޖާގައެއް ނުދޭނަން، މީޑިއާ ބިލު ފާސްކުރަންޖެހޭ: ސިނާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ހަދަމުންދާ ދޮގުތައް ރާއްޖޭގައި ފަތުރަން ފުރުސަތު ނުދޭނެކަމަށާއި މީޑިއާ ބިލު ފާސްކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޝަން މަސައްކަތްތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތަކަށް އަލިއަޅުއްވައި ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި މެމްބަރު ސިނާންވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. ސިނާން ވިދާޅުވީ، އެޕާޓީން ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިގެންދާނެކަމަށް ބުނެ ޝަކުވާތައް ކުރަމުންދާއިރު އެޕާޓީގެ ސިޔާސީ އެކްޓިވިސްޓުންދަނީ ނޫސްވެރިންތަކަކަށް ހެދިގެން އެ ދާއިރާގައި މަސައްކަތްކުރަމުންކަމަށެވެ. އަދި އެމީހުން ދަނީ ކެނޑިނޭޅި ދޮގު ވާހަކަތައް ފެތުރުމުގެ މަސައްކަތްތައް ކުރަމުންކަމަށެވެ.

މެމްބަރު ވިދާޅުވީ، މީޑިއާ ބިލު ފާސްކުރުމާއި ދެކޮޅަށް އަޑުއުފުލަމުންދަނީ އަބުރާބެހުމުގެ ހަޑި އަމަލު ހިންގުމުގެ މަސައްކަތްތަކަށް ގާނޫނުގެ ސަބަބުން ނިމުމެއް ގެންނާނެތީކަމަށެވެ. އަދި ހަގީގަތަށް ބަލާއިރު އެޕާޓީ ދެމިއޮންނަނީ މަކަރާއި ހަމަނުޖެހުމާއި މީހުންގެ އަބުރާ ބެހުމުގެ މައްޗަށްކަން ފެނިގެންދާކަމަށެވެ. ބިލު ފާސްވެދާނެތީ އެޕާޓީގެ އިސްވެރިންނަށް ނޭވާ ނުލެވިގެން އުޅެނީ އެ އަމަލުތައް ހުއްޓުވޭނެތީކަމަށެވެ. ނަމަވެސް ޕީއެންސީން އެޕާޓީގެ ދޮގުތައް ރާއްޖޭގައި ފެތުރުމަށް ޖާގަ ނުދޭނެކަމަށާއި މީޑިއާ ބިލު ކޮންމެހެންވެސް ފާސްކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ސިނާންވަނީ ކުރީގެ ބަންޑާރަނައިބު އަހުމަދު އަލީ ސަވާދް ދެއްކެވި ވާހަކަތަކަކަށްވެސް ރައްދު ދެއްވާފައެވެ. މިގޮތުން މީޑިއާ ރެގިއުލޭޓްކުރުމާއި ކޮންޓްރޯލްކުރުމަކީ ދެކަމެއްކަމަށް ފާހަގަކޮށް ކޮންޓްރޯލްކުރުމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގަކަށް އުނިކަން ލިބިގެންދާކަމަށް ސަވާދު ސިފަކުރެއްވުމުން ސިނާނު ވިދާޅުވީ، އޭނާ މަސައްކަތްކުރައްވަމުންދަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށްކަމަށެވެ. އަދި މި ބިލުން ހުއްޓުވެނީ ސިޔާސީގޮތުން ހަރަކާތްތެރިވާ މީހުން ނޫސްވެރިންގެ ގޮތުގައި ހެދިތިބެ ދޮގު ހެދުންކަން އެނގޭނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: