ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލަށް އެމްޑީއޭގެ ތާއީދު!

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލަށް އެމްޑީއޭއިން ތާއީދުކުރާކަމަށް އެ ޕާޓީގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ވޯޓަށް އަހާ ބިލަށް އައްބާސް ވަނީ ތާއީދުކޮށް ވާހަކަދައްކަވާފައެވެ. އައްބާސް ވިދާޅުވީ މިއީ ވަކި ފަޅިއަކަށް ޖެހިގެން ކުރާ ތާއީދެއް ނޫންކަމަށެވެ. ރައްޔިތުން އަބަދުވެސް އެދޭ ގޮތަކީ، ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލަށް އެހުންކަމަށް ފާހަގަކޮށް އައްބާސް ވިދާޅުވީ މި ބިލަށް ތާއީދު ކުރަން ނިންމީ އެހެންވެކަމަށެވެ. އަދި އައްބާސް ވިދާޅުވީ އެމްޑީއޭއިންވެސް މި ބިލަށް ތާއީދުކުރާނެކަމަށެވެ.

އައްބާސް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމަށް، ޗުއްޓީ ތެރޭގައި ދާއިރާގެ ރަށްތަކަށް ވަޑައިގެންފައިވާނެކަމަށެވެ. މަޝްރޫއުތައް ފެއްޓެވީތީ އުފާ ކުރެއްވި ނަމަވެސް، މަސައްތްތަކަށް އަމަލީ ސިފަ ނުޖެހިވާތީ ރައްޔިތުން ތިބީ މާޔޫސްވެފައިކަމަށް އައްބާސް ވިދާޅުވިއެވެ.

ޗުއްޓީ ތެރޭގައި ދާއިރާގެ ރަަށްތަކުގައި އުޅެލާފަ މިއައީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ކަންތައްތަކުގައި. ދާއިރާގެ ތިން ރަށުގެ ތަރައްގީއަށް ސަރުކާރުން، ފަށްޓަވާފަ ހުރި މަޝްރޫއުތަކާއި ދޭތެރޭގައި ދާއިރާގެ ރައްޔިތުން، އުފާކުރޭ. އެހެން ނަމަވެސް އެ މަސައްކަތް ޕްރޮޖެކްޓެއްގެ ސިފައިގައި ރަނގަޅަށް ނުހިނގާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި.

އައްބާސް ވިދާޅުވިއެވެ.

ބިލުގައި ބުނެފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުންކަމަށެވެ. އަދި އެ ގަރާރުގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާއި ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެކަމަށްވެއެވެ.

މި ބިލު ގާނޫނަކަށްވުމާއި އެކު، ގާނޫނުއަސާސީއަށް ގެނައުމަށް ސަރުކާރުން ގަސްދު ކުރާ ބަދަލުތަކަށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުން، އަދި ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ހިމެނެ އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކެޕް ކުރުން ވެސް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: