ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާ އަދާކުރެވޭގޮތް ހަދައިފި

ވެލާނާ ބިލްޑިންގ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭ ގޮތަށް ސިވިލް ސާވެންޓުންގެ ގަވައިދަށް ބަދަލު ގެނެސް، އެ ބަދަލަށް އަމަލު ކުރަން ފަށައިފިއެވެ.

ދިވެހި ސިވިލް ސާވިސްގެ ޤަވާއިދަށް 13 ވަނަ އިސްލާޙު ގެނައުމުގެ ޤަވާއިދުގައި ވާގޮތުން ހިދުމަތުގެ ގޮތުން ކާކުކަން އެނގެން ޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން ތިބެން ޖެހޭނީ، އެ މީހެއްގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ހަރުކޮށްގެންނެވެ.

ހަމައެއާއެކު، ސިވިލް ސަރވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައިކަންވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އަސާސީ މުސާރަ ލިބޭގޮތަށް އަހަރަކު 30 ދުވަސް ”ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ“ ގެ ގޮތުގައި ދެވިދާނެކަމަށް ބަޔާންކޮށް އެގޮތަށް ޗުއްޓީ ދެވޭ ޙާލަތްތައްވެސް މި އިސްލާޙުގައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން އެފަދަ ޗުއްޓީއެއް ލިބެނީ މުވައްޒަފެއްގެ މަންމައަށް ނުވަތަ ބައްޕަޔަށް ނުވަތަ އަނބި މީހާއަށް ނުވަތަ ފިރިމީހާއަށް ނުވަތަ ދަރިޔަކަށް ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވަތަ އެއްބަނޑު މީހަކަށް ނުވަތަ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވާ ޙާލަތަކާ ގުޅިގެންނެވެ. އަދި އެ ޙާލަތު މި ޤާނޫނުގެ ޙަވާލާ ދީފައިވާ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފެތެން ޖެހެއެވެ.

ޝަރުއީ ދާއިރާގައި އަންހެން މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން މަަސައްކަތް ކުރެވޭނެކަމަށްވެސް ދާދި ފަހުން ކަނޑައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، އިސްލާމް ދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެކަމަށެވެ. އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށްވެސް ރައިސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: