މަސްތުވާތަކެއްޗާއެކު މ.ކޮޅުފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓާ ފިލި އެރަށުގެ ކައުންސިލްގެ ނައިބް ރައީސް ޖައުފަރު މޫސާ ފުލުހުން ހޯދައިފިއެވެ.
މަސްތުވާތަކެއްޗާއެކު މ.ކޮޅުފުށިން ޖައުފަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު 17:15 އެހާކަންހާއިރުއެވެ.
ފުލުހުންގހެ އިދާރާރިން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި މީހާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމަށެވެ. އަދި އިއްޔެ 17:30 ހާއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ޖައުފަރު ހައްޔަރުކޮށްފައިވަނީ ގޭގައި ހުއްޓާ ކަމަށް ފުލުހުން ބުނިއިރު ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޖައުފަރު ހައްޔަރުކޮށްފައިވަނީ ކެޔޮ ފީންޏެއް ތެރޭގައި ފިލައި އޮއްވާ ކަމަށެވެ.
އޭނާ ހައްޔަރު ކުރީ ފިލައި އޮއްވާ ފެނުނު ސަރަހައްދުގައި އޭނާ އުޅޭ ކަމަށް ޝައްކު ކުރެވިގެން އިއްޔެ ހަވީރުން ފެށިގެން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވުމަށް ފަހުގައި ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

