ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޓް ބިލު އާއްމުންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް އެޕްލައިއެއް ނުވާނެ: މިނިސްޓަރ އަސްވާޑް

ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލަކީ ކޮންޓެންޓް ކްރިއޭޓަރުންނާއި އަދި އާއްމުންގެ މީހުންނަށް ތަންފީޒު ވާނެ ބިލެއް ނޫން ކަމަށާއި މިއީ ހަމައެކަނި ރެޖިސްޓަރޑް މީޑިއާތަކަށް ތަންފީޒު ކުރެވޭނެ ބިލެއް ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅިގެން ބޭއްވި ފޯރަމްގައި އަސްވާޑް ވިދާޅުވީ އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ އެކަމަށް ޖަވާބު އަރުވާނެ ކަމަށެވެ. އަސްވާޑް ވިދާޅުވީ ވީހާވެސް ހުޅުވާލެވިގެން އެ މަޝްވަރާ ކުރިއަސް ގެންދަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

އަސްވާޑް ވިދާޅުވީ ބިލުގައި ހުރި ރަނގަޅު ކަންކަން ފާހަގަކުރާތީ ބައެއް ނޫސްވެރިންނަށް ދިމާ ކުރުން ފަދަ ކަންކަން ހިނގާ ކަމަށް ފޯރަމްގައިވެސް ނޫސްވެރިން ހިއްސާކުރި ކަމަށެވެ. އަސްވާޑް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން އެކަން އެއްވެސް ގޮތަކަށް ކޮށްގެން ނުވާނެ ކަމަށެވެ.

”އަޅުގަނޑަކީވެސް ނޫސްވެރިކަމަށް ވަރަށް ލޯބި ކުރާ މީހެއް. މިއަދުވެސް މިތަނަށް އައުމުގެ ކުރިންވެސް ރާއްޖޭގެ ޒުވާން ނޫސްވެރިންނާއިއެއްކޮށް އިނދެފައި ފޯނުންވެސް އެތައް ފަހަރަކު ވާހަކަ ދައްކާފަ. މިއީ އެއް އާއިލާއެއް އިނގޭތޯ. އެހެންވީމާ ތިބޭފުޅުން ކަމެއްގައި ހިޔާލު ތަފާތު ވުމަކީ ތިބޭފުޅުން އެކަކު އަނެކަކު ކަރުގައި ހިފަންޖެހޭ ކަމެއް ނޫން. އެހިސާބަށް ގޮސްގެން ނުވާނެ ރާއްޖޭގެ ނޫސްވެރިކަމެއް“

އަސްވާޑް ވިދާޅުވީ ކަންކަމުގައި ޑީލްކުރާއިރު ތަހުޒީބު ގޮތް ތަކެއް ހުންނަން ޖެހޭ ކަމަށެވެ. އަސްވާޑް ވިދާޅުވީ ބިލާއި ދެކޮޅަށް ނަމަވެސް އަދި ބިލާއި އެއްކޮޅަށް ނަމަވެސް ހުށައަޅާ ހިޔާލުތަކާއިއެކުގައި އެކުގައި ކުރާނީ ފައިދާ ކަމަށެވެ.

ޑިޖިޓަލް ސްޓޯރޭޖުގެ ވާހަކައަށް އަލިއަޅުވާލައްވާ އަސްވާޑް ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބިލު ވަރަށް ރަނގަޅަށް ވިދާޅުވެފައިވާނެ ކަމަށެވެ. ބިލުގައި މީޑިއާ މާނަކޮށްފައި އޮތީ ރެޖިސްޓަރޑް މީޑިއާތަކަށް ކަމަށާއި، ބިލު ތަންފީޒު ވާނީވެސް އެ މީޑިއާތަކަށް ކަމަށް އަސްވާޑް ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ މީޑިއާގައި ނޫޅޭ އެއްވެސް ފަރާތަކަށް އެ ބިލު އެޕްލައި ނުވާނެ ކަމަށެވެ. ސޯޝަލް މީޑިއާގައި ކޮންޓެންޓު ހަދާ ޒުވާނުންނަކަށްވެސް އެ ބިލެއް ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އަސްވާޑް މިސާލު ނަންގަވާ ވިދާޅުވީ ރެޖިސްޓަރޑް މީޑިއާއެއްގެ ދަށުން ހިންގާ، ސޯޝަލް މީޑިއާ ހުރިހާ ޕްލެޓްފޯމެއް، އޭގެތެރޭގައި އިންސްޓަގްރާމް، ފޭސްބޫކް އަދި ޓްވިޓަރ ވީނަމަވެސް ހުރިހާ ޕްލރޓް ފޯމެއްގައި ހިއްސާ ކުރާ ހަބަރާއި މައުލޫމާތަށް އެ މީޑިއާއަކުން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އާއްމު ފަރާތަކުން ކުރާ ޕޯސްޓަކަށް، ދައްކާ ވަހަކައަކާއި އެ ބިލާއި އެއްވެސް ގުޅޫމެއް ނެތް ކަމަށް އަސްވާޑް ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން އެ ބިލު އެންމެންގެ މައްޗަށް ތަންފީޒު ވާނެ ކަމަށް ބުނި ނަމަވެސް އެއީ ތެދު ނޫން ކަމަށް އަސްވާޑް ވިދާޅުވިއެވެ.

މީގެއިތުރަށް އަސްވާޑް ވަނީ ދާދިފަހުން އެމްޖޭއޭއިން އިސްވެ ބޭއްވި ފޯރަމްގައި ޒުވާނަކަށް އޮޅިގެން އަސްވާޑް އަކީ ކުރީގެ އޭޖީ ކަމަށް ބުނެވިފައިވާތީ އެކަމާއި ގުޅޭގޮތުން އެ ޒުވާނައަށް އެއްވެސް އެއްޗެއް ނުކިޔުމަށް އެދިވަޑައިގެންފައެވެ. އަސްވާޑް ވިދާޅުވީ ޒުވާނުން އަބަދުވެސް ކަންކަމުގައި ބަސް ބުނެ ކުރިއަށް ދިއުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: