ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީބާބާ ވޯކްޝޮޕު މެދުވެރިކޮށް ގިނަ ފުރުސަތުތަކެއް އަތް ފޯރާފަށަށް ގެނެވޭނެ: ސައީދު

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލީބާބާ އާއި ގުޅިގެން ހިންގާ އީ- ކޮމާސް ވޯކްޝޮޕް މެދުވެރިކޮށް އަތް ފޯރާފަށުން ބޭރުގައި ހުރި ފުރުސަތުތަކެއް އަތުޖެހޭ ހިސާބަށް ގެނެވޭނެކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަލިބާބާ އާއި ގުޅިގެން ކުރިއަށް ގެންދާ އީކޮމާސް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ ރަށެއްގައި ހުރި މީހަކަށް އޭނާގެ އުފެއްދުންތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ޗައިނާގެ ސަރަހައްދަކަށް ވިއްކާލުމުގެ މަގު ފަހިވެގެންދިއުން ތަސައްވުރުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތަކުން ލަންޑަނަށް ހަވާދު ފަދަ ތަކެތި ޝިޕް ކުރުންވެސް ހިތަށް ގެނައުމަށް އެދިވަޑައިގެންނެވިއިރު ކުރެވެމުންދާ މަސައްކަތްތަކާއިއެކު އެކަންކަން ހުވަފެނެއްގެ ގޮތުގައި އޮތުން އައިސް ހަގީގަތަށް ހެދުމުގެ ދަތުރު ފެށިގެންދާކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، މި ވޯކްޝޮޕް ފެށުމަކީ ރާއްޖެއަށް ތާރީހީ ދުވަހެއްކަމަށެވެ. އަދި ލޯންޗުކުރެވިގެން މި ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރާއްޖޭގެ އުފެއްދުންތައް ގެންދިއުމަށްޓަކައި ބިނާކުރެވޭ ޑިޖިޓަލް ބްރިޖުތަކެއް ކަމުގައި ވިދާޅުވި އެވެ. އަލަށް ކުރެވޭ މި މަސައްކަތްތަކާއި އެކު ރާއްޖޭގެ ކްރިއޭޓަރުންނަށް އައު ފުރުސަތުތައް ފަހިވެގެންދާކަމަށާއި މިއީ ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުމުގެ ބޭނުން ހިފައި އަލީބާބާގެ އެހީތެރިކަމާއިއެކު ކޮށިގެންދާ މަގެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ސައީދު ވިދާޅުވީ، މިއީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން އަލީބާބާ އާއި ގުޅިގެން ކުރާ މަސައްކަތްތަކެއް ކަމަށާއި ޗައިނާގެ ފަރާތުން މިކަމުގައި ހިފެހެއްޓުމެއް ނެތި އެއްބާރުލުން ލިބިގެންދާކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތްތައް މެދުވެރިކޮށް ފުރިހަމަ އީކޯ ސިސްޓަމެއް ގާއިމުކުރެވިގެންދާކަމަށާއި މި ނިޒާމު މެދުވެރިކޮށް ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ސީދާ ގޮތެއްގައި ބައިނަލްއަގުވާމީ ކަސްޓަަމަރުންނާއި ގުޅުވާލެވޭކަމަށެވެ. މި ނިޒާމު މެދުވެރިކޮށް ރާއްޖެއަށް ޕޭމަންޓުތައް ލިބުމުގައި ލަސްތަކެއް ވެގެން ނުދާކަންވެސް ކަށަވަރުކުރެވިގެންދާކަމަށެވެ.

މިއީ ބައިނަލްއަގުވާމީ މާކެޓަށް ވަނުމަށްޓަކައި ޑިޖިޓަލް ޕާސްޕޯޓެއް ބިނާކުރުންކަމަށް ދެކިވަޑައިގަތުމަށް އިލްތިމާސްކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މި މަސައްކަތްތައް މެދުވެރިކޮށް މީގެ ކުރިން ރާއްޖޭގެ އަތް ފޯރާފަށުން ބޭރުގައި ހުރި ގިނަ ފުރުސަތުތަކެއް އަތުޖެހޭ ހިސާބަށް ގެނެވޭކަމަށެވެ. އަދި ރައީސް ގެންގުޅުއްވަނީ ވަރުގަދަ ހާސިލުކުރެވޭނެ މިންވަރުގެ ތަސައްވުރެއްކަމަށް ފާހަގަކުރެއްވިއެވެ. މިގޮތުން އެމަނިކުފާނުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގައި ކްރީއޭޓިވް އިކޮނޮމީގެ 15 އިންސައްތަ ހިއްސާއެއް އޮންނަ ގޮތަށް ކަންކަން ބައްޓަންކުރުންކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާވަނީ 2026 ވަނަ އަހަރަކީ ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކަށް ހާއްސަ އަހަރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިކަމަށެވެ. އެހެންކަމުން ކުރަމުންދާ މަސައްކަތްތަކަކީ ހަމައެކަނި ބައިނަލްއަގުވާމީ މާކެޓުގައި ބައިވެރިވުން ނޫންކަމަށާއި ރާއްޖޭގެ ވިސްނުންތައް ހިމެނޭ ގޮތަށް މާކެޓަށް ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: