ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ދަތުރެއްގައި އަބްދުއްރަހީމް ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ އިސްލާމްއާބާދަށް ފުރާވަޑައިގަންނަވައިފިއެވެ.

މިމަހުގެ 16 އިން 20 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވައެވެ.

މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިވަގުތު މަޖިލީސް ޗުއްޓީގައި އޮތް ނަމަވެސް، މިއަދުވެސް ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަޖިލީހުގައި މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ މީޑިއާ ބިލުގެ މަސައްކަތެވެ.

އަބްދުއްރަހީމް ފުރާވަޑައިގެންފައި މިވަނީ، މި ބިލުގެ މައްސަލައިގައި މުޒާހަރާވެސް ކުރަމުން ދަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: