ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ވިޔަފާރިތައް ބައިނަލްއަގުވާމީ ބާޒާރަށް ނެރެން، އަލީ ބާބާއަކީ މުހިންމު ބައިވެރިއެއް: ސައީދު

"ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓް"
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތަކުން، އާމްދަނީ ލިބޭނެ މަގު ފަހިކުރުމަށް އަލީބާބާއާއަކީ މުހިންމު ބައިވެރިއެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

”ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓް“ ގެ ނަމުގައި އަލީބާބާއާއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މިކަންތައް ފާހަގަކުރެއްވީ ތާރީހީކަމެއްގެ ގޮތުގައެވެ. މި މަސައްކަތާއިއެކު ދިވެހިންގެ އުފެއްދުންތައް މުޅި ދުނިޔެއަށް ފޯރުވާނެކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ، މިއީ ރާއްޖެއިން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކުރެވެމުންދާ މަސައްކަތެއްކަމަށެވެ.

600 އަށްވުރެ ގިނަ އަދަދެއްގެ ބައިވެރިން މި ވޯކްޝޮޕްގައި ބައިވެރިވާކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އެގޮތުން ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވާ 250 އެއްހާ މީހުން ވޯކްޝޮޕްގައި ހިމެނޭކަމަށާއި، އަދި އޮންލައިންކޮށްވެސް ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް ސައީދު ފާޙަގަކުރެއްވިއެވެ. އެއާއިއެކު އަދަދު އިތުރުވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

އަލީބާބާއާއިއެކު ފެށުނު މި މަސައްކަތާއިއެކު ބޮޑެތި ފައިދާތަކެއް ދިވެހި ވިޔަފާރިތަކަށް ކުރާނެކަމަށާއި، މުޅި ދުނިޔެއަށް ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވާނެކަމަށް ވަޒީރު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ އަލީ ބާބާއަކީ 200 އެއްހާ ގައުމުން، 40 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމެއްކަމަށް ފާހަގަކުރައްވާފައެވެ.

މި ވޯކްޝޮޕްގެ ތެރެއިން ދިވެހި ވިޔަފާރިތަކަށް މުހިންމު ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަމަށާއި، ބައިނަލްއަޤްވާމީ ބާޒާރަށް ބޭނުންވާ ފެންވަރަށް އުފެއްދުންތައް ތައްޔާރުކުރުމާއި، ލޮޖިސްޓިކްގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާއި އިތުރު ކަންކަންވެސް ދަސްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: