މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރާޓީ، ނިޒާމު ގެއްލުވާލަނީކަމަށް ނިންމާ، ނަން އިއްވުމަށްފަހު އެމްޑީޕީގެ ބައެއް މެންބަރުން ޖަލްސާއިން ބޭރުކޮށްފިއެވެ.
މިއީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައި އޮތީ 4 ޖަހާއިރުކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިން ނަމަވެސް، މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެޖެންޑާގައިވަނީ ޖަލްސާ ފަށާނީ 5 ޖަހާއިރުކަމަށެވެ.
ޖަލްސާ ފެށިއިރުވެސް އެމްޑީޕީގެ މެންބަރުން ދިޔައީ އަޑުގަދަކުރަމުންނެވެ. އެއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މައްސަލައިގައެވެ. މެންބަރުންގެ އަތުގައި ބިލާއި ދެކޮޅަށް ލިޔެފައިވާ ޝިއާރުތައް ހުއްޓެވެ.
މި ޖަލްސާގެ އެޖެެންޑާގައިވެސް އޮތީ މި ބިލު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށައެޅުމެވެ.
އަޑުގަދަ ކރުާތީ ނަން އިއްވާ ބޭރުކޯށްލި މެންބަރުންގެ ތެރޭގައި:
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް
މި ބިލާއިމެދު ކަންބޮޑުވުން ފާޅުކުރުމަށް ނޫސްވެރިންވެސް ދިޔައީ މިއަދު ހެދުނުންސުރެ، މަޖިލީހުގެ ބޭރުގައި އިހުތިޖާޖު ކުރަމުންނެވެ.

