ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަމުގެ ވާހަކަ ލިޔެވޭނެ، ސާބިތުވާނަމަ ބޭނުން ގޮތަކަށް ލިޔެވޭނެ: ފަލާހު

ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު:/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިލެޓަރީ ބިލަކީ އެއްވެސް ހާލަތެއްގައި ވަކި ބަޔަކު އިސްތިސްނާވެފައިވާ ބިލެއް ނޫންކަމަށާއި، ވައްކަމާއި ކޮރަޕްޝަނުގެ އަމަލު ހިންގާ ބައެއްގެ ވާހަކަ ކަނޑައެޅިގެން ސާބިތުވާނަމަ ”ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން“ ވެސް ލިޔެވޭނެކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ބިލުގެ މަސައްކަތް ނިންމައި ކޮމިޓީން އެކުލަލަވާލާފައިވާ ރިޕޯޓުގެ ބަހުސްގައި ފަލާހު ވިދާޅުވީ މި ބިލުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ވާނީ އެމްޑީޕީއަށް ކަމަށެވެ. އަދި އެކަން އެ ޕާޓީއަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެކަމަށް ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ކޮމިޓީއާއި މަޖިލީހުން ބޭރުގައި އެބޭފުޅުން ވެސް ހިޔާލު އެއްގޮތްކޮށް ވާހަކަ ދައްކަވާފައިވާކަމަށެވެ.

ފަލާހު ވިދާޅުވީ ބިލުގައި ހުރި ކޮންމެ މާއްދާއެއް ވެސް ވަކިން ކިޔާއިރު، އޭގެ ސަބަބުން ލިބޭނެ ގެއްލުމެއް ނެތްކަން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ މިއީ ވަރަށް ކުޑަ މުޖްތަމައުއެއްކަމަށާއި ބިލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭނީ ހަމަޖެހުން ކަމަށެވެ.

މި ބިލަކީ އަޅުގަނޑު ބެޓުކޮށްފައި މި ބުނަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ 99 އިންސައްތަ ތާއީދު ކުރާ ބިލެއް މިއީ.. ކޮން ރައްޔިތެއްތޯ އެދޭނީ، އެ ރައްޔިތެއްގެ އެއްވެސް ހަގަކާއި ކަމަކާއި ނުލައި، އެއްވެސް އަގެއް ނެތް މީހެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި އަބުރު ކަތިލަން..

ފަލާހު ވިދާޅުވީ މިހާތަނަށް އައިއިރު އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދޭން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ މި ބިލުން އިސްތިސްނާވާ ވަކި ބަޔަކު ނުވަތަ މީހެއް ވެސް ނެތްކަމަށާއި އެހެން ކަމުން ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ކޮންމެ މީހަކު ވެސް ދޮގެއް ފަތުރައިފި ނަމަ، މި ބިލުން ފިޔަވަޅު އެޅޭނެކަމަށް ފަލާހު ވިދާޅުވި އެވެ. އެއީ އެއްވެސް ރައްޔިތަކީ އެއްވެސް އަގެއް ނެތް މީހެއްގެ ގޮތުގައި އަބުރު ކަތިލައި ތަފާތު ވާހަކަތައް ފެތުރުމަށް ބޭނުން ނުވާނެ މީހަކަށް ވާތީކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ދޮގެއްގެ ސަބަބުން ދިރިއުޅުމަށް ކުރާ އަސަރު އެނގޭނީ، އެފަދަކަމަކާއި ކުރިމަތިލާފައިވާ ބަޔަކަށް ކަމަށެވެ. އެހެން ނަމަވެސް ހިޔާނާތްވެ، މީހަކު ވައްކަންކުރި ކަން ކަނޑައެޅިގެން އެނގި ސާބިތުވާނަމަ ބޭނުން ގޮތަކަށް ލިޔަމުން ދާންވީކަމަށް ފަލާހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: