ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ވަނަ މަޖިލީޙުން ފާސްކުރި މީޑިއާ ބިލަކީ ބިރުވެރި ބިލެއްނަމަ، މިދިޔަ ދައުރުގައި ފާސް ކުރަން އުޅުނީ ނަމާން ބިލެއް: މިނިސްޓަރ އަސްވާޑް

ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް)
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އައު ބިލަކީ ބިރުވެރި ބިލެއް ކަމަށް ވަންޏާ، 2018 އިން 2023 އަށް ފާސް ކުރަން އުޅުނު މީޑިއާ ބިލަކީ ނާމާން ބިލެއް ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަސްވާޑް ވިދާޅުވީ، ކުރީގެ ސަރުކާރުން ފާސްކުރަން އުޅުނު ބިލުގައި ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކޮމިޝަނާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އެއްކޮށްލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ 7 މެމްބަރުން ތިއްބަވާ ގޮތަށް، މީޑިއާގެ ތަމްސީލު ނެތް ގޮތަށް ފަރުމާކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރުގެ މަޖިލީހުގެ ދައުރު ހަމަވުމާ ގުޅިގެން އެ ބިލު ފާސްނުވެ އޮތް ކަމަށް އަސްވާޑް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަސްވާޑް ވިދާޅުވީ ރާއްޖޭގެ ސީނިއަރ ނޫސްވެރިންނާއެކު ކުރިން ބޭއްވުނު ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތީ މީޑިއާ ރެގިއުލޭޓް ކުރުމަށް ފެއިލްވެފައިވާ ނިޒާމެއްކަން ހުރިހާ ނޫސްވެރިންނާއި ޚާއްޞަކޮށް ސީނިއަރ އެޑިޓަރުންވެސް ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މިކަމުގައި ކޮމިޝަނެއް އެކުލަވާލުމުގެ ވާހަކަ އަބަދުވެސް ދިޔައީ ދެކެވެމުން. އެއްބަސް ނުވެވޭ ކަންތަކުގެ ތެރޭގައި އެންމެ ބޮޑަށް އެއްބަސް ނުވެވި ދިޔަ ކަމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ކިތައް މެމްބަރުންތޯ، މީޑިއާ ތެރެއިން އަންނާނީ ކިތައް މެމްބަރުންތޯ. އެ ބަހުސެއްގައި ވަރަށް ބޮޑަށް ދިޔަތަން އަޅުގަނޑުމެންނަށް ފެނުނީ،“ އަސްވާޑް ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރު އައުމަށްފަހު ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހަންނާނު ކަމަށާއި، ނަމަވެސް އެ ބިލުގައި ކަންބޮޑުވުންތަކެއް ހުރުމާއެކު، ބަންޑާރަނައިބުގެ ތާއީދާއެކު އެ ބިލު އަނބުރާ ގެންދެވުނު ކަމަށް އަސްވާޑް ވިދާޅުވިއެވެ. އަދި މި ބިލަކީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށް ބަންޑާރަނައިބު ކުރެއްވި މަސައްކަތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: