ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާސްކޮގެން ބޭނުންކުރާ ބާރުތައް ޕީއެންސީގެ މެމްބަރުނާ އަރާހަމަކުރާނެ: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާސްކޮށްގެން ބޭނުންކުރަމުންދާ ބާރުތައް ޕީއެންސީގެ މެމްބަރުންނާ އަރާހަމަކުރާނެ ދުވަސް އަންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އަމީންވަނީ މަޖިލީޙުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަޖިލީސް ގަވައިދާއި ހިލާފަށް ހިންގެވިކަމަށް ވިދާޅުވެފަ އެވެ. މިގޮތުން އެޖެންޑާ ފޮނުވަންޖެހެނީ މެމްބަރުން ހާޒިރުވެ ނިމުމުން ނޫންކަމަށާއި 6 ވަރަކަށް ގަޑީރު އޮންނަންޖެހޭކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިއަދު ބާރުވެރިކަން އޮތްނަމަވެސް އެއީ ތާއަބަދު ދެމެހެއްޓޭނެ އެއްޗެއް ނޫންކަމަށެވެ.

އެހެންކަމުން އާރާއި ބާރު ރައްޔިތުންގެ މައްޗަށް ހިންގާއިރު ވިސްނުން މުހިންމުކަމަށާއި ވަކި ވަކި މީޑިއާތަކަކާއި ސަރުކާރުން ހިންގާ ނަހަމަ އަމަލުތަކުގެ ވާހަކަތައް ދައްކާ އާންމުން ހުއްޓުވުމުގެ ގޮތުން ހިންގާ އަމަލުތައް ބަލައިނުގަނެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނޫސްވެރިން އިހުތިޖާޖުކުރުމުން ވަކި ވަކި ނޫސްވެރިންނަށް އިންޒާރުތައް ދިނުމަކީވެސް ގަބޫލުކުރެވޭ އަމަލުތަކެއް ނޫންކަމަށެވެ.

ވާހަކަދައްކަވަމުން ގެންދަވާއިރު އެކަމަށް ފަހި މާހައުލެއް ގާއިމުކުރުމަކީ ރިޔާސަތުގެ ޒިންމާއެއްކަމަށް ފާހަގަކުރައްވާ މެމްބަރު އަމީންވަނީ ޕީއެންސީގެ ސުޕަރ މެޖޯރިޓީން އަޑުގަދަ ކުރާކަމަށް ވިދާޅުވެފައެވެ.

އަމީން ވިދާޅުވީ، މި ނޫން ދުވަހެއް އަންނާނެކަމަށާއި އާރާއި ބާރު ނެތި ޕީއެންސީގެ އަތުން މަޖިލީހުގެ މެޖޯރިޓީ ގެއްލިގެންދާ ދުވަސްވެސް އަންނާނެކަމަށެވެ. އަދި ފާސްކޮށްގެން ބޭނުންކުރާ ބާރު މާދަމާ ޕީއެންސީގެ މެމްބަރުންނާއި އަރާ ހަމަކުރާނެކަމަށެވެ.

މީގެކުރިން ދިވެހި ތާރީހުން ފެންނަނީ އެ މަންޒަރުކަމަށާއި އެފަދަ އަނިޔާތަކެއް ލިބުނު އެކަކީ ނާޒިމްކަމަށް އަމީން ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: