ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ރަފިޤުލް އިސްލާމް (30އ) ބަންގްލަދޭޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެއާޕޯޓުގެ ރިސޯޓު ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހައްޔަރުކުރެވުނު މީހާއަކީ 30 އަހަރުގެ ރަފިޤުލް އިސްލާމްއެވެ. އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ކުރެވުނު ތަހުގީގުތަކުން ވަނީ ހާމަވެފައެވެ.

ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، 68،000 ރުފިޔާއަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި 1،700 އަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އިތުރުން އެހެނިހެން ގައުމުތަކުގެ ފައިސާވެސް އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ރަފިޤުލް އިސްލާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

އެއާޕޯޓުގައި މިފަދަ ހަރަކާތްތައް ހިންގުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށްވާއިރު، މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: