ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވަނީ ރަށު ކައުންސިލުތަކުން ސީދާ ގޮތެއްގައި ސަރުކާރާއި މުއާމަލާތްކުރާ ނިޒާމެއް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އިންތިޚާބުކުރާ ކައުންސިލުތަކުން ސީދާ ގޮތެއްގައި އެ ރަށެއްގެ ކަންކަމުގައި ސަރުކާރާއި މުއާމަލާތްކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ކަމަށާއި، އަތޮޅު ކައުންސިލުތަކެއް އޮވެގެން ރައްޔިތުންނަށްވާ ފައިދާތަކެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

”ރައްޔިތުންނާއެކު“ ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި އެ ނިޒާމުގެ ތެރޭގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާތީ، އޭގެ ފައިދާތަކާއި ގެއްލުންތައް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އަތޮޅު ކައުންސިލުތަކެއް ހުރުމުން ލާމަރުކަޒީ ނިޒާމަށް އެއްވެސް ފުރިހަމަކަމެއް ލިބިގެން ނުދާ ކަމަށެވެ. ނަމަވެސް އަތޮޅުތަކެއް އުވާނުލެވޭނެ ކަމަށާއި، އެއީ ދިވެހިރާއްޖެ އުފެދިފައިވާ ގޮތް ކަމަށް ވިދާޅުވިއެވެ. އަދި އަތޮޅު ލެވެލްގައި ކަންކަން ކުރިއަށްދާނެ ކަމަށާއި، އަތޮޅު ހޮސްޕިޓަލާއި އަތޮޅު މަދަރުސާ ފަދަ މުއައްސަސާތައް ދެމެހެއްޓޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

”އަތޮޅު ކައުންސިލުގެ ގޮތުގައި ކިޔާ އިދާރާއަކީ އޭގެ ޒާތުގައި ރާއްޖޭގެ ރައްޔިތުންނަށް މާނަހުރި އެއްޗަކަށް ވެގެންނުދޭ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިއީ މިދިޔަ ދުވަސްތަކުގައި ފެނިގެން ގޮސްފައިވާ ޙަޤީޤަތެއް ކަމަށާއި، މިހާރުވެސް އެކަން ތަޖުރިބާކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުންފުޅަކީ ކޮންމެ ރަށެއްގެ ކައުންސިލަށްވެސް ސީދާ ގޮތެއްގައި ސަރުކާރާ މުޢާމަލާތްކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ކައުންސިލުތައް އިންތިޚާބުކުރަނީ ރައްޔިތުން ކަމަށްވާއިރު، އެ ރަށެއްގެ ކަންކަމުގައި އެ ކައުންސިލަކުން ސަރުކާރާ މުޢާމަލާތްކުރުމުން ފުދޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: