ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް ދެމުންދާ އިނާޔަތްތަކަށް ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި މިކަން ކުރިއަށް އޮތް މަޖިލީހުގެ ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ކުރީގެ ރައީސުންނަށް ދައުލަތުން ކުރަމުންދާ ހޭދައަކީ ވަރަށް ބޮޑު އަދަދެއް. ޤައުމުގެ ހާލަތަށް ރިޢާޔަތްކޮށް މިކަމަށް ބަދަލު ގެންނަން ޖެހޭ“ 

ރައީސް މުޢިއްޒު ވިދާޅުވީ ކުރީގެ މަޖިލިސް މެންބަރުންނަށް ދެމުންދާ އިނާޔަތްތަކާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރާކަންވާ ކަމަށާއި އެއީ ވެސް ކޮންމެހެން ވެސް ބަދަލު ގެންނަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ދައުލަތުގެ އެކި މުއައްސަސާތަކުން ރިޓަޔަރ ކުރުމަށްފަހު އެހެން މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ރިޓަޔަމަންޓް ޕެންޝަން ލިބޭ އުސޫލަށްވެސް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ފުލްޓައިމްކޮށް އެހެން މަޤާމެއްގައި މަސައްކަތް ކުރައްވާއިރު ރިޓަޔަމަންޓް ޕެންޝަން ނުލިބޭގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ.

މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމެވެ. މި ބަދަލުތަކާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: