ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްޢަރު ގްރޫޕްގެ ވެރިޔާ އުމްރާގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ، 3 އަހަރަށް ޖަލަށް

މަޝްޢަރު ޙައްޖު އެންޑް ޢުމްރާގެ ވެރިޔާ، މ.ހަވީރީފިނި ޢަލީ ފާރިޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްޢަރު ޙައްޖު އެންޑް ޢުމްރާގެ ވެރިޔާ ޢަލީ ފާރިޝް، ޢުމްރާއަށް ގެންދިޔުމަށް މީހުންގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކޯޓުން މައްސަލަ ނިންމުމުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ރަމަޟާންމަހު 48 މީހެއްގެ ރިޓަރން ޓިކެޓްތަކުގެ ބުކިންގއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދޫކުރި 3 ޗެކް ބައުންސްވުމާ ގުޅިގެން މިދަޢުވާ އުފުލުނު ކަމަށެވެ. މީގެ އިތުރުން އޭސް އޭވިއޭޝަން ސަރވިސް މޯލްޑިވްސްއާއި އޭސް ޓްރެވެލް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 406,321.93 ރުފިޔާ 24 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ބައެއް މީހުންނަށް ޢުމްރާއަށް ނުދެވި، އަދި ބައެއް މީހުން ޢުމްރާގައި ތިއްބާ ރާއްޖެ ނާދެވި ދަތިހާލުގައި ޖެހުނެވެ.

މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް ބުނެފައެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ޢުމްރާއަށް ދިޔުމަށް ފައިސާ ދެއްކުމުގެ ކުރިން އެ ވުޒާރާގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްތޯ ބެލުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި މައްސަލައަކީ ފާއިތުވި އަހަރުތަކުގައި ޢުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި ހިންގާފައިވާ އެތައް މަކަރާއި ހީލަތުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: