ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާސެލޯސްއިން އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް

ބާސެލޯސްއިން އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓު ލިބޭ އޮފާރ އާއި އެކު އުރީދޫ މޯލްޑިވްސް އާއި ބާސެލޯސް ނަސަންދުރާ މޯލްޑިވްސް ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން، އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯސްއިން ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވީ، މިއީ އުރީދޫއާއި ބާސެލޯސް ނަސަންދުރައަށް ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި ދެ ފަރާތް ވެސް އެއްވެގެން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯސްގެ ޑިސްކައުންޓްތައް އޮފާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުމަކީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި ނިޔާޒް ފާހަގަކުރެއްވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަކީ 1000 ރުފިޔާއިން މަތީގެ ބިލު ދައްކާ ކަސްޓަމަރުން ކަމަށެވެ. މިއީ އުރީދޫގެ އެންމެ ހައި ލެވެލްގެ ކަސްޓަމަރުންކަމަށެވެ.

މީގެތެރޭގައި ތިން ލޭޔަރ އެއް ހިމެނިގެންދާކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ ތިން ލޭޔަރ ގެ ތެރޭގައި ވެސް އުރީދޫގެ އެންމެ މަތީ ޕްރިމިއަމް ލޭއަރ ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓްތައް ވަރަށް ބޮޑުވެގެންދާނެ ކަމަށެވެ.

އަޅުގަނޑު އުންމީދު ކުރަނީ މި ޕާޓްނާޝިޕާއެކީގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހާއްސަކޮށް މި އަލަށް ހުޅުވިފައިވާ ބާސެލޯސް ޕްރޮޕަޓީއަށް އައިސް މި ޕްރޮޕަޓީ އެންޖޯއި ކުރުމަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެންދާނެ ކަމަށް

މި އެއްބަސްވުމުގެ ދަށުން، ބާސެލޯސް ނަސަންދުރާގެ ތިން ޕްރޮޕަޓީއަކުން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޑިސްކައުންޓްތައް 5 އިންސައްތައިން ފެށިގެން 10 އިންސައްތައާ ހަމައަށް ދާނެ ކަމަށާއި، މީގެ އިތުރުން ރިސޯޓްގައި ބާއްވާ ހާއްސަ ހަރަކާތްތަކުން ވެސް ކަސްޓަމަރުންނަށް މި ޑިސްކައުންޓްތައް ލިބިގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: