ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލު ތަސްދީގު ނުކުރުމަށް އެދި އެމްއެމްސީގެ ސިޓީއެއް ރައީސްއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނޫސްވެރިންތަކެއް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ތަސްދީގު ނުކުރުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.

މި މައްސަލައިގައި މިރޭ އާންމު ކުރި ބަޔާނެއްގައި އެމްއެމްސީން ބުނީ މަޖިލީހުން ފާސްކުރި މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ބިލު ފާސްކުރުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށް އަންނަ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

މަޖިލީހަށް ބިލު ހުށަހެޅުމާއި އެކު، އެ ދުވަހުން ފެށިގެން އެކި ގޮތްގޮތުން ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށް އެ ކަންކަން ހައްލު ހޯދައިދޭން ގޮވާލާފައިވާނެކަމަށް އެމްއެމްސީން ބުންޏެވެ. ކައުންސިލުގެ ބަޔާނުގައި ބުނެފައި ވަނީ މި ބިލާއި މެދު ހުރި ކަންބޮޑުވުންތައް ރާއްޖޭގެ އެކި މުވައްސަސާތަކާއި ޖަމިއްޔާތަކުން ވެސް ދިޔައީ އާންމު ކުރަމުން ކަމަށެވެ. ހާއްސަކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، ބްރޯޑްކާސްޓިން ކޮމިޝަން، ބާ ކައުންސިލް ފަދަ ޖަމިއްޔާތައް އޭގެ ތެރޭގައި ހިމެނޭކަމަށް އެމްއެމްސީން ފާހަގަކުރި އެވެ.

އެމްއެމްސީން ބުނީ މި ހުރިހާ ތަނަކުން ވެސް ރަސްމީކޮށް އެ ކަންބޮޑުވުންތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވައި މަޝްވަރާއަށް އެދުނު ކަމަށެވެ. އެހެން ނަމަވެސް އޭގެއިން އެއްވެސް ކަމަކަށް އިހުތިރާމް ކުރުމެއް ނެތި، ބިލު ފާސްކުރީ އެއްވެސް ކަމަކަށް ރިއާޔަތް ކުރުމަކާއި ނުލައިކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި މައްސަލައިގައި ދާއިމީ ހައްލެއް ބޭނުންވާތީ، އެކަންކަން ހިމަނައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން މި ބިލު ހުށަހެޅުނީއްސުރެ ފެށިގެން، ފުޅާ ދާއިރާއެއްގައި ދިރާސާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް އެމްއެމްސީން ވަނީ އެދިފައެވެ. އަދި ހުރިހާ ގޮތަކުން ގައުމީ ފެންބަރެއްގައި ވެސް ހިޔާލު ހޯދުމަށް ފުރުސަތު އޮއްވައި، މަޖިލީހުގެ ދައުރުން ބޭރުން ބިލު ފާސްކުރީ ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ބެލުމެއް ނެތިކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްއެމްސީން ބުނީ މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅި، ސަރުކާރާއި އިދާރާތަކަށް ފާޑުކިޔާ އަޑުތައް ކަނޑުވާލުމަށް ކުރާ މަސައްކަތްތައް އިތުރުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ދަށްވެގެން ދިޔުމުގެ ފުރުސަތު އެބައޮތްކަމަށް އެމްއެމްސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: