ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްބީއައިއިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްގެ މުއްދަތު އިތުރުކުރުކޮށްފި

އިންޑިއާ ސަރުކާރުގެ އިސް ވަފްދާއިއެކު މިނިސްޓަރ ޒަމީރު ބޭއްވި މަޘްވަރާ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްގެ މުއްދަތު އިތުރުކުރުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، އިންޑިއާގެ އިސް ވަފުދަކާއެކު ބޭއްވެވި މުހިންމު ބައްދަލުވުމެއްގައި، ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ ބައްދަލުވުމެކެވެ.

އިންޑިއާގެ އިސް ވަފުދު

އިންޑިއާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގައި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބާލާސުބްރަމަނިއަން އިސްކޮށް ހުންނެވިއެވެ. އަދި އެމަނިކުފާނުގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އާއި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓްރެޜަރީ ބިލްގެ މުއްދަތު އިތުރުކުރުން

މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ނަތީޖާއަކީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވުމެވެ. 18 ސެޕްޓެމްބަރު 2025 ގައި މުއްދަތު ހަމަވާ މި ބިލްގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވުމަކީ، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ އިތުބާރާއި އެހީތެރިކަން ދަމަހައްޓާނެކަމުގެ ހެއްކެކެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ މަޝްވަރާތައް

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު އެއް ކަމަކީ އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ ތަރައްޤީގެ މަޝްރޫޢުތަކެވެ. މި މަޝްރޫޢުތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވި، އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތަކާ މެދު ދެފަރާތުން މަޝްވަރާކުރެއްވިއެވެ.

ވިޔަފާރީގެ ގުޅުން ފުޅާކުރުން

ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާ މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މި ގޮތުން އިޤްތިޞާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމަށާއި، ދެ ޤައުމުގެ ދެމެދުގައި ހިންގޭ ވިޔަފާރީގެ މިންވަރު އިތުރުކުރުމަށް ދެފަރާތުންވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ދެ ޤައުމަށް މަންފާކުރަނިވި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް މަގުފަހިކޮށްދޭނެ ބައްދަލުވުމެކެވެ. ޚާއްޞަކޮށް ޓްރެޜަރީ ބިލްގެ މުއްދަތު އިތުރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ބިންގަލެއް އެޅިގެންދިޔަ ކަންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: