ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ބިލުގެ ސަބަބުން ހަގީގީ ނޫސްވެރިކަމަށް ޖާގަ ފުޅާވެގެންދާނެ: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ރެގިއުލޭޝަން ބިލުގެ ސަބަބުން ހަގީގީ ނޫސްވެރިކަމަށް ޖާގަ ފުޅާކުރެވިގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވާއިރު މެމްބަރު މަމްދޫހުވަނީ އެކަމަށް ތައުރީފުކުރައްވައި ސޯޝަލްމީޑިއާގައި މެސެޖެއް އާންމުކުރައްވާފައެވެ. މެމްބަރު ވިދާޅުވީ، މި ގާނޫނާއި އެކު ރާއްޖޭގެ ގާނޫނުއަސާސީ މެދުވެރިކޮށް ހަގީގީ ބާރުވެރިކަމާއި މިނިވަންކަން ލިބިދެވިފައިވާކަމަށެވެ. އަދި މީގެ ކުރިން ލިބިދީފައިނުވާ ރައްކައުތެރިކަންވެސް ހާސިލުކޮށްދެވިފައިވާކަމަށާއި ބިލުގެ ސަބަބުން މިނިވަންކަމާއިއެކު ހަގީގީ ނޫސްވެރިކަމަށް ޖާގަ ފުޅާކުރެވިގެންދާކަމަށެވެ.

މަމްދޫހު ވިދާޅުވީ، ބިލުގެ ސަބަބުން ނޫސްވެރިކަމަށް އޮތް ޖާގަ ކުޑަކޮށްވެސް ހަނިވެގެން ނުދާކަމަށެވެ. ނަމަވެސް ތަފާތު ސިޔާސީ ބޭނުންތަކަށާއި ޒާތީ މަގުސަދުތަކުގައި ދޮގު ހަބަރުތައް މދުވެރިކޮށް އެކަކު އަނެކާގެ އަބުރު ކަތިލުމާއި އަގާއި ނަފްސުގެ ހުރުމަތް ކަނޑާލުމަށް އޮތް ޖާގަ އެއްކޮށް ބަންދުވެގެންދާކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވިގޮތުން މި ބިލަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ދީނީ އަދި އިންސާނީ ހައްގުތަކެއް ކަށަވަރުކުރެވިގެންދާކަމަށެވެ. އަދި ދީނުގެ އަސާސްތަކާއި ހަމަތަކާއި އިންތަކުގެ ތެރެއިން ހިޔާލު ފާޅުކޮށް ހަބަރާއި މައުލޫމާތު ފެތުރުމާއި އަބުރު ރައްކައުތެރިކޮށް ދިރިއުޅެވޭނެ މަގު ފަހިކުރުމަކީވެސް ގާނޫނުއަސާސީން ކަށަވަރުވާންޖެހޭ ކަންކަން ކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: