ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ރެގިއުލޭޝަން މަސައްކަތްތަކާއިއެކު އިގްތިސާދަށް ފަހި މާހައުލެއް ގާއިމުވެގެންދާނެ: ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާތައް ރެގިއުލޭޓްކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގައި އިގްތިސާދަށް ފަހި މާހައުލެއް ގާއިމުކުރުމުގެ މަގު ހުޅުވިފައިވާކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތައް ރެގިއުލޭޓްކުރުމަށްޓަކައި މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ސައީދު ވިދާޅުވެފައިވަނީ ”ވަރުގަދަ އިގްތިސާދެއް ބިނާކުރެވޭނީ އިތުބާރުގެ ބިންގަލުގެ މައްޗަށް“ ކަމަށެވެ.

މިނިސްޓަރ ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބިލުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިތަކާއި މުޖުތަމައު ސައްހަ ނޫން މައުލޫމާތު ފެތުރިގެންދިއުމުގެ ނުރައްކަލުން ރައްކައުތެރިކުރެވިގެންދާނެއެވެ. މީގެ ސަބަބުން އިންސާފުވެރި ނޫސްވެރިކަމުގެ މާހައުލެއް ގާއިމުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުންތައް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އައު ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި މިނިވަން ނޫސްވެރިކަން ކުރިއަރުވައި، އެ ދާއިރާތައް ތަރައްގީކޮށް، މިނިވަންކަމާއެކު މަސައްކަތްތައް ކުރެވޭނެ މާހައުލެއް ނޫސްވެރިންނަށް ގާއިމުކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން، ދޮގު ޚަބަރު ފެތުރުން ހުއްޓުވައި، ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމަށްޓަކައި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި އުސޫލުތައް މި ގާނޫނުގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: