ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓެލެކްޝުއަލް ޕްރޮޕަޓީ އޮފީސް ގާނޫނަށް ވައިޕޯގެ ތައުރީފު

ވީއައިއޭ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓެލެކްޝުއަލް ޕްރޮޕަޓީ އޮފީސް ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ބައިނަލްއަގުވާމީ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން (ވައިޕޯ) އިން ދިވެހި ސަރުކާރަށް މަރުހަބާ ކިޔައިފިއެވެ.

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ހާމަކުރެއްވި ގޮތުގައި، ވައިޕޯގެ ޑިރެކްޓަރ ޖެނެރަލް ޑެރެން ޓޭންގްވަނީ ރާއްޖޭގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ދާއިރާއަށް ގެނެވުނު ކުރިއެރުންތަކަށް ޚާއްސަ ތައުރީފެއް ކުރައްވާފައެވެ. މީގެ ތެރޭގައި ކޮޕީރައިޓް އެކްޓަށް ގެނެވުނު އިސްލާހުތަކާއި، ޓްރޭޑްމާކަށް ޚާއްސަ ބިލެއް އެކުލަވާލާފައިވުން ހިމެނެއެވެ.

އިގްތިސާދީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ފުރަތަމަ ފަހަރަށް ބާރން ކޮންވެންޝަންގައި ބައިވެރިވެފައިވުމަކީވެސް ވައިޕޯއިން މަރުހަބާ ކިޔާފައިވާ ކަމެކެވެ. މި ހުރިހާ ކާމިޔާބީތަކަކީ ”ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ލީޑަރޝިޕްގެ ހެއްކެއް“ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި ގާނޫނީ އޮނިގަނޑުގެ ސަބަބުން ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ކުރިއަރައި، އިންޓެލެކްޝުއަލް ޕްރޮޕަޓީ މެދުވެރިކޮށް އިގްތިސާދީ ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތައް އިތުރަށް ބާރުވެރިވެ، އެކްސްޕޯޓް ވިޔަފާރިއަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: