ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޤުރްޢާން ހިތުދަސްކުރުމުގެ ދާއިރާއިން ރާއްޖެ އައު އުސްމިނަކަށް ގެންދެވޭނެ: ޑރ ޝަހީމް

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށްޓަވައިދެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ޤުރްޢާން ހިތުދަސްކުރުމުގެ ދާއިރާއިން ރާއްޖެ އައު އުސްމިނަކަށް ކުރިއަށްއޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ގެންގޮސްދޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށްޓަވައިދެއްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތަށް ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން ކުރިއަށްދާނެކަމަށެވެ.

އެގޮތުން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭ ތަފްސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރިއަށް ގެންދަނީ، ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އިތުރުކުރުމުގެ މަސައްކަތްކަމަށެވެ. މީގެ އިތުރުން ޤުރްއާން ހިތުދަސްކުރުމަށް އެހީތެރިވެދެއްވާ އަމިއްލަ ސެންޓަރުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއްވެސް ހޯއްދަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިވަގުތާ ހަމައަށް ރާއްޖޭގައި 1،500 އަށްވުރެ ގިނަ ޒުވާން ކުދިން ޤުރްއާން ދަނީ ހިތުދަސްކުރަމުންނެވެ.

ކުރިއަށް އޮތް ދެތިން އަހަރުވެގެން ދާނީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާގައި އައު އުސްމިނަކަށް ރާއްޖެ ގެންދާނެ އަހަރުތަކަކަށްކަމަށްވެސް ވަޒީރު ތަކުރާރުކޮށް ވިދާޅުވިއެވެ.

ކީރިތި ޤުރްއާނުގެ ޢިލްމު މުޅި ރާއްޖޭގައި ފެތުރުމަށް ސަރުކާރާއި އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ވިދާޅުވީ އިސްލާމްދީނާއި، ކީރިތި ޤުރުއާނުގެ ރިސާލަތު ފެތުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ފައިދާކުރާނެކަމެއްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވަނީ، ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ހިއްވަރު ދެއްވާފައެވެ. ދަރިން ތަރުބިއްޔަތު ކުރުމަށް ޤުރުއާނުގެ ހިދާޔަތަކީ ވަރަށް މުހިންމުކަމެއްކަމަށާއި، ތަރުބިއްޔަތު ކުރަންވާނީ ޤުރުއާނުގެ ހިދާޔަތުގައިކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ޤައުމީ މުބާރާތަކީ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވި ފަހަރުކަންކަމަށް ފާހަގަކޮށް ވަޒީރު ވަނީ، ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވަން ސަރުކާރުން ވަނީ ނިންމަވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: