ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލިދޫ ބިން ހިއްކުމުގައި ބޭނުންވާ ގޮތް ރައްޔިތުން ހުށަހަޅާ، އޭރުން ހެކި ހުންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުލިދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ފުލިދޫގެ ބިން ހިއްކުމާއި ގުޅޭގޮތުން ރަށުގެ ރައްޔިތުންގެ ވިސްނުމާއި ބޭނުންވާ ގޮތް ކައުންސިލް މެދުވެރިކޮށް ލިޔެކިއުމުން ހުށަހައަޅައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިގޮތަށް އެދިވަޑައިގަތީ ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެކަމަށް ބުނެ ކުރަމުން ދިޔަ އިހުތިޖާޖުތަކަށް އެ މަޝްރޫއު ހުއްޓާލަން ޖެހުނު މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ. މި މަޝްރޫއުއަކީ ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރި ޕްރޮޖެކްޓެއް ނަމަވެސް، އެ މަޝްރޫއު ކުރިޔަށް ނުގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެގޮތަށް ރައީސް ނިންމެވުމުން ރަށުގެ ކައުންސިލާއި، ރައްޔިތުން ބުނީ މިއީ ކުރިޔަށް ގެންދަން ޖެހޭ މަޝްރޫއުއެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަކީ އެއީކަމަށް ބުނެ އިހުތިޖާޖު ވެސް ކުރި އެވެ.

ހަތަރު އަތޮޅަކަށް ކުރައްވާ ހަތް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިއަދު ވަނީ ފުލިދޫއަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި އެމަނިކުފަނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ވ އަތޮޅާއި، މ. އަތޮޅުގެ އިތުރުން ފ. އަތޮޅާއި ތ. އަތޮޅުގެ ރަށްތަކަށެވެ.

ފުލިދޫގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމާއި އެކު، ބައެއް ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފަ އެވެ. މި ޕްރޮޖެކްޓުތައް ގުޅިފައި ވަނީ މުޅި ރަށުގެ ތަރައްގީއާއިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުން އެދޭ ގޮތަށް ހިދުމަތްކޮށްދެއްވުމަށް ކަމަށެވެ.

ފުލިދޫއަކީ އަތޮޅުގެ އެހެން ރަށްތަކޭ އެއްގޮތަށް ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށަކަށް ވާތީ މި ދާއިރާ އިތުރަށް ތަރައްގީ ކުރުމާއި ގުޅޭގޮތުން ރައީސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރަށުގައި ބަނދަރެއް ނެތުމާއި އެކު އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ ގޮތަށްކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުގެ ބިން ހިއްކުން ކުރިޔަށް ގެންދިއުމުގައި ރަށުގެ ރައްޔިތުން އެދޭ ގޮތް ކައުންސިލް މެދުވެރިކޮށް ހުށަހަޅައި ދޭން ރައީސް ވަނީ މި ބައްދަލުވުމުގައި އެދިވަޑައިގެންފަ އެވެ.

އަޅުގަނޑު ބޭނުމެއް ނޫން، މި މަޝްރޫއުގައި ސޮއި ކުރެއްވި.. އެހެން ނޫނީ އަމަލީ މަސައްކަތްތަކާއި ހިސާބަށްދާއިރުގައި ދާދި މިދާކަށް ދުވަހު އެހެން ރަށެއްގައި ވެސް ދިމާވީ ގޮތަކަށް މަޝްރޫއު ކެންސަލް ކުރަން ޖެހި އެކަހަލަ ކަންތައްތަކެއްވާކަށް.. އެހެންވީމާ ރައްޔިތުންގެ އެއްބާރުލުމާއި އެކީގައި އެއްބައިވަންތަކާއި އެކީގައި ރައްޔިތުން އެދޭ ގޮތް ލިޔެކިއުމުން ކައުންސިލް މެދުވެރިކޮށް ފޮނުވައިދިނުކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް..

މިއީ އެހެން ބަޔަކު ބިން ހިއްކުމުގެ މަޝްރޫއުއާއި ދެކޮޅަށް ތެދުވާ ހާލަތެއްގައި ވެސް ހެއްކެއްގެ ގޮތުގައި ދެއްކެން އޮންނާނެ ލިއުމެއްކަމަށް ރައީސް ވިދަޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިކަން، ރައްޔިތުންގެ ފަރާތުން ހުށަހެޅުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އޭގެ ސަބަބެއްކަމަށް ރައީސް ވިދާޅުވީ ދޮންފަނުގައި ދިމާވީ ގޮތަށް، މަސައްކަތް އިއުލާނު ކުރުމަށް ފަހު އެހެން ކަންކަން އައިސް އަމަލީ މަސައްކަތް ހުއްޓާލަން ޖެހުމެވެ.

ރައީސް އެދިވަޑައިގަތީ ރައްޔިތުން އެދޭ ގޮތް ކައުންސިލް މެދުވެރިކޮށް ސަރުކާރަށް ހުށަހެޅުމަށެވެ. ބަނދަރާއި ގުޅިގެން ރަށުގެ 12 ހެކްޓަރު ބިން ހިއްކައިދޭނެކަމަށް ވައުދުވެ ރައީސް ވިދާޅުވީ މިގޮތުގެ މަތީން މަސައްކަތް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: