ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޖުރިބާކާރު ވިޓްރޯރެޓިނަލް އަދި ކެޓަރެކްޓް ސާޖަން ޑރ. އަމޯގް އައިކެއާ ހޮސްޕިޓަލަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ތަޖުރިބާކާރު ކެޓަރެކްޓް (ފާކޯ) ސާޖަން އަދި ވިޓްރޯރެޓިނަލް ސްޕެޝަލިސްޓެއް ކަމަށްވާ ޑރ އަމޯގް ދިލީޕް އަސްގައުންކަރް އައިކެއާ ހޮސްޕިޓަލަށް ގުޅިވަޑައިގެންފިއެވެ.

ޑރ އަސްގައުންކަރްއަކީ ކެޓަރެކްޓް، ރެޓިނަލް ޑިސްއޯޑާ ނުވަތަ ލޮލުގެ ރެޓިނާގެ އެހެން މައްސަލަތައް ތަހައްމަލު ކުރާ މީހުންނަށް ފަރުވާ ދިނުމުގައި ނުވަ އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ޑޮކްޓަރެކެވެ. އެގޮތުން ޑރ. އަމޯގް ވަނީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާފައެވެ.

ޑރ. އަމޯގް ބަލި މީހުން ބައްލަވާ ޚާއްސަ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ކެޓަރެކްޓް ސާޖަރީ (އެސްއައިސީއެސް އެންޑް ފެކޯއިމަލްސިފިކޭޝަން)
  • ރެޓިނޯޕަތީ އޮފް ޕްރީމެޗުރިޓީ (އާރްއޯޕީ) ސްކްރީނިން: ޕްރީމެޗުއާ ނުވަތަ ދުވަސް ނުފުރާ އުފަންވާ ތުއްތު ކުދިންގެ ލޮލުގެ ފަރުވާ ދިނުން.
  • ރެޓިނާ ލޭޒާ: ޑައިބެޓިކް ރެޓިނޯޕަތީ ފަދަ ބަލިތަކަށް އިތުރު ފަރުވާ ފޯރުކޮށްދިނުން.
  • އިންޓްރަވިޓްރިއަލް އެންޓި-ވީއީޖީއެފް އިންޖެކްޝަން: މެކިއުލާ ޑިޖެނެރޭޝަން އަދި ރެޓިނަލް ވެއިންގެ މައްސަލަތަކަށް އެންމެ ފަހުގެ ތެރަޕީ ދިނުން

އައިކެއާ ހޮސްޕިޓަލްގައި މިހާރު ދެ ވިޓްރިއޮރެޓިނަލް ސާޖަނުން ތިބެއެވެ. އޭގެ ސަބަބުން ބަލި މީހުންގެ ކޮންސަލްޓޭޝަންތައް އަވަސްވެ، ޕްރޮސީޖަރުތަކަށް މަޑުކުރަން ޖެހޭވަރު ވަރަށް ބޮޑަށް ވަނީ ކުޑަކުރެވިފައެވެ. އަދި ފަރުވާއަކާ ގުޅޭގޮތުން އައި އައިކެއާގެ އިތުބާރުކުރެވޭ، ތަޖުރިބާކާރު ޓީމުގެ ލަފައާއި ޚިޔާލު ހޯދުމުގެ ފުރުސަތު ވެސް އިތުރަށް ވަނީ ތަނަވަސް ވެސް ވެފައެވެ.

އައިކެއާގައި ހުރި އެންމެ   ޒަމާނީ ވަސީލަތްތަކާއި، ތަޖުރިބާކާރު ދެ ވިޓްރިއޮރެޓިނަލް ސްޕެޝަލިސްޓުންނާއެކު މިހާރު އެންމެ ފުރިހަމަ ފަރުވާ އަމިއްލަ ގައުމުގައި ހުރެގެން ލިބޭނެއެވެ. ރޫޓިން ސްކްރީނިން އިން ފެށިގެން ކޮމްޕްލެކްސް ސާޖަރީތަކާ ހަމައަށް، ކޮންމެ ފިޔަވަޅެއްގައި ވެސް މަގު ދައްކައިދޭނެއެވެ.

ޑރ. އަމޯގްއަށް ދެއްކުމަށް ޓަކައި މިހާރު ވަނީ އެޕޮއިންޓްމަންޓް ހެއްދެމުގެ ފުރުސަތު ހުޅުވައިލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: