ވ. ފުލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅެއްގެ 31 ރަށަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުލިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ފުލިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ.
މަސައްކަތަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. މަސައްކަތުގެ އަގަކީ 63.4 މިލިއަން ރުފިޔާ ކަމަށްވާއިރު މި މަސައްކަތް ހަވާލުކޮށްފައިވަނީ 465 ދުވަހުގެ މުއްދަތަށެވެ.
މި މަސައްކަތުގރ ދަށުން ބަނދަރު ފުންކޮށް 334 މީޓަރުގެ ކީވޯލްއެއް ލުމާއި އަދި 351 މީޓަރުގެ ބޭރުތޮށި ހަދަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 593 މީޓަރުގެ ރިވެޓްމަންޓު ޖެހުމާއި އަދި ބަނދަރުގެ ޕޭވްމަންޓާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި މަގު ބައްތި އާއި ނެރުބައްތި ޖެހުންވެސް ހިމެނެއެވެ.

