ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ސީ އެމްބިއުލާންސްގެ ފްލީޓު ފުޅާކުރަނީ!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި ސީ އެމްބިއުލާންސްގެ ފްލެޓު އިތުރު ކުރުން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިވަގުތު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން، އޮތް ޖަލްސާއެއްގައި ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ހަތް ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ހަތަރު އަތޮޅަކަށް ވަޑައިގަންނަވާނެ އެވެ. އެގޮތުން އެންމެ ފުރަތަމަ ވ. އަތޮޅުގެ ރަށްތަކުން މިރޭގެ ޖަލްސާ ކުރިޔަށް ގެންދިޔައީ ވ. ފެލިދޫގަ އެވެ. ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މި އަތޮޅުގައި ވެސް ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ތައުލީމާއި ގުޅުން ހުރި ޕްރޮޖެކްޓުތައް ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.

ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން

ރައީސް ވިދާޅުވީ ގޮތުގައި މި ރަށުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެން ދާނެ އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އައިޑީކާޑާއި، ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި އަހަރު އެ މަސައްކަތް ފުރިހަމަވާނެ ކަމަށެވެ.

އެގޮތުން ބައެއް އަތޮޅުތަކުން މިހާރު ވެސް މަދުވެގެން ދެ ރަށުން މި ހިދުމަތް ލިބެމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ. ދައުލަތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ހޯދުމަށް މާލެ އަންނަން ޖެހުމަކީ، އެއީ ފަސޭހަކަމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހާއްސަކޮށް އައިޑީކާޑާއި، ޕާސްޕޯޓު ހެއްދުމުގެ ބޭނުމުގައި ބޮޑު ހަރަދުކޮށް މާލެ އައުމަކީ އެއީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރަށްތަކުގެ އޭޓީއެމްގެ ހިދުމަތް ވެސް ދެނީ ހަމަ މި އުސޫލުންކަމަށާއި، އެ ތަކުލީފާއި އުނދަގޫ އުފުލަން ނުޖެހޭ ބަޔަކަށް އެކަން އިހުސާސް ނުކުރެވިދާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ރަށްތަކުގެ ރައްޔިތުންނަށް އާދައިގެ ކުޑަކަމެއް ވެސް ނޫން ކަމަށެވެ.

މި ރަށުގައި ތައާރަފު ކުރާނެ އިތުރު ހިދުމަތެއްގެ ގޮތުގައި ރައީސް ވިދާޅުވީ ސީ އެމްބިއުލާންސްގެ ހިދުމަތެވެ. އެގޮތުން މިހާރު ބޭނުން ކުރާ ސީ އެމްބިއުލާންސްގެ ފްލީޓު އިތުރު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގައި ސީ އެމްބިއުލާންސް ފްލީޓު އިތުރު ކުރުމަށް ހުށަހެޅުން ހިމެނޭ ކަމަށެވެ.

އަޅުގަނޑު މި ހުރިހަކަމެއް މި ކުރަނީ، އަޅުގަނޑުމެންނަށް ވާރުތަވެގެން ދިޔަ ވީރާނާކޮށްލައި، ހަލާކުކޮށްލާ ނެތެމުން ދިޔަ އިގްތިސާދު. އިތުރަށް ގޯސްވިޔަ ނުދީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ. ފައިސާ ޗާޕު ކުރުމަކާއި ނުލައި.. އެހެންވީމައި ވަރަށް ގިނަ ކަންކަން ހާސިލު ކުރުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ..

މިއީ ލާމަރުކަޒީ ގޮތުން ރައްޔިތުން ބާރުވެރިކުރުވައި ދެވޭ ހިދުމަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ އުސޫލުން އެއްވެސް ގޮތަކަށް ތަފާތު ކުރުމެއް ނެތި ހިދުމަތް ދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވީ ވަރަށް ގިނަ ދަތިތަކާއި އެކު ކަމަށެވެ. އެގޮތުން ސަރުކާރަށް ވާރުތަވެގެން އައި ބޮޑު ދަރަންޏާއި އެކު ގައުމު އޮތީ ވީރާނާކޮށް، ހަލާކުކޮށްލާފައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: