ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގައި ގަވައިދާ ހިލާފަށް ކޯސްތަކެއް ހިންގާތީ އެކަމަށް ސަމާލުވާން އެމްކިޔުއޭއިން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ކަމާ ބެހޭ އޮތޯރިޓީތަކުން ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް މަތީ ތައުލީމުދޭ ޕްރޮގްރާމްތަކެއް ހިންގާތީ އެގައުމުގައި ކިޔަވަން ފެށުމުގެ ކުރިން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، (އެމްކިޔުއޭއިން) އެދިއްޖެއެވެ.

އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަދޭ މިންގަނޑާ ހިލާފަށް އެ ގައުމުގެ ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް އެތަންތަނުން ހިންގާ ހަޔަރ ޑިޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާއި ގުޅިގެން ހިންގާކަންވެސް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް އެ ތަންތަނުގައި ހިންގާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް މީގެފަހުން އެމްކިޔުއޭއިން ގަބޫލުނުކުރާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި ލަންކާއަށް ދަރިވަރުން ކިޔަވަން ދިޔުމުގެ ކުރިން އެމްކިޔުއޭއިން ދޫކުރާ ”އިންޓެންޑެޑް“ ލިޔުން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ސްރީލަންކާގެ ޓާރޝަރީ އެންޑް ވޮކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔަރ ޑިޕްލޮމާއިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްރަކަށެވެ. އަދި ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކިމިޝަނާއި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިތުރުން ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށްވުރް މަތީގެ ޕްރޮގްރާމްތަކަށެވެ.

އެމްކިޔުއޭއިން ބުނެފައިވަނީ އެ އޮތޯރިޓީން ގާބޫލުކުރާނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް ކަނޑައަަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތައް ކަމަށެވެ. އަދި ލަންކާގެ ކަމާއިބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ މަތީ ތައުލީމުދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުގެ ހިންގާ ޕްރޮގްރާމްތައް ކަމަށްވެސް ބަޔާނުގައިވެއެވެ.

އެމކިޔުއޭއިންވަނީ ދިވެހި ދަރިވަރުން ލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްދުކުރާ މަރުކަޒީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ފެތޭ މަރުކަޒެއްކަން ކަށަވަރުކޮށް އެ އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: