ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: ވާދަވެރި ފޯރިގަދަ އިންތިޚާބަކަށް ވާނެ!

އެމްޑީޕީ އިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއް: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ. އެމްޑީޕީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަންނަ މަހުގެ 18 ވަނަ ދުވަހު ވޯޓް ލުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ މަގާމުތަކަށް ކުރިމަތިލުމަށް ފުުރުސަތު ހުޅުވާލި މުއްދަތު އިތުުރު ކޮށްފައިވާކަމަށެވެ.

އެމްޑީޕީއިން އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތި ލުމަށް އެންމެ ފުރަތަމަ ފުުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު. އެ ދުވަހު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، އެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުުރުސަތު ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަަށް ވަނީ ހަމަވެފައެވެ. އެހެން ނަމަވެސް އޭގެ ފަހުން އެޕާޓީއިން ބުނެފައިވަނީ މަގާމުތަަކަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް އިތުުރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީއިން ބުނީ، ދާއިރާތަކުގެ މަގާމުތަކުގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކުން ބޭނުންވާ މަގާމަކަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު އެ ޕާޓީގެ އޮފީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. މީގެއިތުރުން މަގާމުތަަކަށް ކުރިމަތިލުމަށް ބޭނުންވާ ފޯމް އެ ޕާޓީގެ ސެކްރެޓޭރިއޭޓުންނާއި ޕާޓީގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް އެޕާޓީއިން ބުނެފައިވެއެވެ. އެ މަގާމުތަކަށް ކުރިމަތިލެވޭނީ އަދި އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބޭނީ 26 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޕާޓީގެ މެމްބަރޝިޕް އޮފީހަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެމްޑީޕީއިން ބުނެފައިވެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަކީ ޕާޓީއިން އިންތިޚާބުތަކާ ގުޅިގެން ހިންގާ ކެމްޕޭން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާނެ ކެމްޕޭން ޓީމްތައް އެކުލަވާލައި، ކެމްޕޭންގެ މަސައްކަތްތައް ފެށުމަށް މުހިންމު ކަމެއް ކަމުގައި އެމްޑީޕީއިން ފާހަގަކުރެއެވެ. މިފަހަރުގެ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ވާދަވެރި އަދި ފޯރިގަދަ އިންތިޚާބަކަށް ވެެގެންދާނެ ކަމަަށް ގިނަ ބަޔަަކު ދަނީ ބުނަމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: