ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ މާސްޓަރ ޕްލޭންގެ ސަބަބުން ސިޔާސީ ހަލަބޮލިކަމާއެކު ތަރައްޤީ ހުއްޓުވުން ނިމުމަކަށް އަންނާނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭން އަންނަ އަހަރުގެ ކުރީކޮޅު ލޯންޗުކުރުމަށް ނިންމާފައިވާއިރު، މި ޕްލޭންގެ ސަބަބުން ސިޔާސީ ހަލަބޮލިކަމާއެކު ރައްޔިތުންގެ ތަރައްޤީއަށް ހުއްޓުން އެރުން ނިމުމަކަށް ގެނެވޭނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މ.މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރަށްރަށުގެ ރައްޔިތުންނާއު ކައުންސިލުތަކުގެވެސް ފުރިހަމަ މަޝްވަރާއާއި ބައިވެރިވުން ބޭނުންވާ ކަމަށެވެ. އަދި އެއީ ރައްޔިތުން ބޭނުންވާ މިސްރާބަށް ރާއްޖޭގެ ތަރައްޤީ ގެންދިއުމަށް މުހިއްމު ކަމެއްކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ،މ ސިޔާސީ ބަދަލުތަކާހެދި ރައްޔިތުންގެ ތަރައްޤީއަށް އަސަރު ކުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން މިފަދަ ޕްލޭނެއް އެކުލަވާލައި، އެއަށް ދޭންޖެހޭ ޤާނޫނީ ހިމާޔަތާއި ބާރުވެރިކަން ދިނުން މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ.

 ސިޔާސީ ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ ތަރައްޤީ އެކޮޅުކޮޅުން ޖެހިގެން ދާކަށް. އެހެންވީމަ މި ޕްލޭން ލިޔެ، ޤާނޫނީ ބާރުވެރިކަން ދީ ޙިމާޔަތްކުރަނީ

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އިއުލާންކުރައްވާފައިވާ މޯލްޑިވްސް 2.0 މަޝްރޫޢުއަކީވެސް ޤައުމީ ތަރައްޤީގެ ޕްލޭންގެ ވަރަށް ބޮޑު ބައެކެވެ. އަދި މިއީ ކޮރަޕްޝަން ހުއްޓުވައި، ރައްޔިތުންގެ އިތުބާރު ސަރުކާރާމެދު ދެމެހެއްޓޭނެ އެންމެ މުހިންމު މަސައްކަތްކަމަށް ރައީސް ސިފަ ކުރެއްވިއެވެ.

ގައުމީ ތަރައްގީގެ ޕްލޭނަށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންސަލްޓެންސީ ފާމް، ނެކްސިއާ މޯލްޑިވްސް އިން ވަނީ ރަށްރަށަށް ދަތުރުކުރަން ފަށައިފައެވެ. އޭގެ ތެރެއިން 10 ޓީމަކުން މީހުން ދިރިއުޅޭ 186 ރަށަށް މި އަހަރު ނިމުމުގެ ކުރިން ޒިޔާރަތްކޮށް އާއްމުންނާއި ކަމާގުޅޭ ފަރާތްތައް އަދި ވިޔަފާރިވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދާނެއެވެ. އޭގެ އިތުރުން، ތަފާތު އެކި ބައްދަލުވުންތަކާއި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ވެސް ތަރައްގީގެ ޕްލޭނަށް ހިޔާލު ހުށަހެޅޭނެއެވެ.

އުމްރާނީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީއާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް އެ މަސައްކަތް ކުރަމުންދާ ”ވިލުންތެރި ރާއްޖެ“ ޓީމުން ވަނީ ބުނެފައެވެ. އަންނަ ޖެނުއަރީ މަސް ނިމޭ ހިސާބުގައި އެ ޕްލޭން ލޯންޗުކުރާނެ ކަމަށް އެޓީމުން ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ބަދަލުތައް ގެންނާނެކަން އިއުލާންކުރައްވައިފަ އެވެ. ރައީސްގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ 20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަން ކެބިނެޓުން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: