ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ދަނީ ގައުމުގެ އިގްތިސާދު ކޮޅަށް ނަގާ، ތަރައްގީ ގެނެސްދެއްވަމުން: މެންބަރު ނައުފަލް

ރައީސުލްޖުމްހޫރިއްޔާ، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ދަނީ ގައުމުގެ އިގްތިސާދު ކޮޅަށް ނަގާ، ތަރައްގީ ގެނެސްދެއްވަމުންކަމަށް މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް ވިދާޅުވެއްޖެއެވެ.

ރޭ މުލަކުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ވަނީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެ ރަށަށް ކުރައްވާ ދެވަނަ ދަތުރުކަން ފާހަގަކުރައްވާފައެވެ. މިކަމުން ދޭހަވެގެންދަނީ ރައީސް އެ ރަށުގެ ރައްޔިތުންނާއިމެދު ބަހައްޓަވާ ގާތްކަންކަމަށް ވިދާޅުވެ، މެންބަރު ވަނީ މިކަމަށް ޝުކުރު ދަންނަވާފައެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށްކަމަށް މެންބަރު ވިދާޅުވިއެވެ. އެ ދަތިތަކާއިއެކުވެސް ރައީސް ވަނީ ގައުމު ކޮޅަށް ނަގާފައިކަމަށާއި، މިހާރު މާލީ ހާލަތުވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ދެމުން ދަނީ ހުސް ފެހި ސިގްނަލްތައް، ތިބޭފުޅުން ފްލައިޓަކަށް އަރާއިރު، ތިބޭފުޅުންނަށް އެނގިލައްވާތޯ ޕައިލެޓަކީ ކޮން ބޭފުޅެއްކަން؟ ނޭގެ ދެއްތޯ؟ ތިބޭފުޅުން ޓެކްސީއަކަށް އަރާއިރު އެނގިލައްވާތޯ ދުއްވަން އިންނަ ޑްރައިވަރަކީ ކޮން ބޭފުޅެއްކަން؟ ކިހާ ފެންވަރެއްގެ ބޭފުޅެއްކަން؟ ނޭގެ ދެއްތޯ؟

މެންބަރުން ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަން ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށްކަމަށެވެ. އަދި ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީވެސް ގެނެސް ދެއްވާނެކަމަށާއި، މަގުތައް ތަރައްގީކޮށް، މަސް ފެކްޓްރީއާއި، އައިސް ޕްލާންޓްގެ މަސައްކަތްވެސް ނިންމާނީ މި ސަރުކާރުންކަމަށް މެންބަރު ވިދާޅުވިއެވެ.

އަސާސީ ބައެއް ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ، ސިއްހީ ނިޒާމު ހަރުދަނާކުރުމާއި، ފުލުހުންގެ ހިދުމަތްވެސް މި ސަރުކާރުން މުލަކުގައި ގާއިމްކޮށްދެއްވާނެކަމަށް މެންބަރު ވިދާޅުވިއެވެ. އަދި އެގޮތަށް މެންބަރު ވަނީ އިތުރު މަޝްރޫއުތައްވެސް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: