ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުއްވަރީ ރައްޔިތުންގެ ޝަކުވާ ރައީސްއަށް؛ އެއްވެސް ސަރުކާރަކަށް ނުވި، ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ކުރުމާއި، ކަންބޮޑުވުންތައް އަޑުއަހައި އޮޅުންފިލުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ރަށްތަކަށް ދަތުރުކޮށް ކަންކަން ހިނގަމުންދާ ގޮތް ގާތުން ބެއްލެވުމެވެ. މި ދަތުރުފުޅުތަކުގައި ކަމާއި ބެހޭ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ އެވެ. އަދި ކައުންސިލް ބައްދަލުވުންތައް ކުރިޔަށް ގެންދާއިރު ހުށަހަޅާ ކަންބޮޑުވުންތަކާއި ރަށުގ އެކި މައްސަލަތައް ނުވަތަ މަޝްރޫއަކާއި ބެހޭ އެންމެ ފަހުގެ އަދާހަމަ ވަގުތުން ދެވެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިއީ މާލެއަށް ކައުންސިލުން ދަތުރުކޮށް މުވައްސަސާތަކާއި ބައްދަލުކޮށް ތާރީހުތައް ހޯދައިގެން އެމަނިކުފާނާއި ބައްދަލު ކުރުމަށް އައުމަށް ވުރެ ނަތީޖާ ނެރެން މާ ފަސޭހަ ގޮތެވެ. އޭގެ ސަބަބަކީ އެއް މޭޒެއްގައި ދައުލަތުގެ ކަމާއި ބެހޭ ހުރިހާ ފަރާތެއް ތިބުމެވެ.

މިގޮތަށް ކުރައްވާ ދަތުރުފުޅުތަކުގައި ކުރިޔަށް ގެންދާ ”ރައްޔިތުންގެ ބައްދަލުވުން“ ގެ އިތުރުން، އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހުށަހެޅުމަށް ހުޅުވާލެ އެވެ. މި ފުރުސަތުގައި އާންމު ރައްޔިތުންނާއި، އެކި ފަރާތްތައް އެކި މައްސަލަތައް ފާހަގަކޮށް ހުށަހަޅަ އެވެ. އަދި އެކަންކަން ހައްލު ކުރުމާއި ގުޅޭގޮތުން ރައީސް ވެސް ވާހަކަފުޅު ދައްކަވަ އެވެ.

އެގޮތުން މިވަގުތު ހަތަރު އަތޮޅަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިވަގުތު ހުންނެވީ މ. އަތޮޅުގަ އެވެ. މަޑުއްވަރީގައި އޮތް ބައްދަލުވުމުގައި ކަންބޮޑުވުން ހުށަހެޅުމަށް ހުޅުވާލުމުން، ރަށަށް ދިމާވެފައިވާ އެކި ދަތިތައް އެ ރައްޔިތުން ފާހަގަކުރި އެވެ. އޭގެ ތެރޭގައި ބަނދަރުގެ މައްސަލަ ހިމެނެ އެވެ.

އެންމެ ފުރަތަމަ ވާހަކަ ދައްކަވަމުން ކައުންސިލް ރައީސް މުޙައްމަދު އާޒިމް ވިދާޅުވީ ތަކުރާރުކޮށް ވެސް ސަރުކާރަށް ރައްޔިތުން ހުށަހަޅަން އޮތްކަމަކީ، ނިވާ ބަނދަރެއް ހަދައިދިނުން ކަމަށެވެ. އަދި ރަށުގައި އިތުރު އެހެނިހެން ބޮޑެތި މަސައްކަތްތަކެއް ކުރިޔަށް ގެންދަން ރައްޔިތުން ނޭދޭކަމަށް އާޒިމް ވިދާޅުވި އެވެ. އެއީ ރައްޔިތުން ބޭނުން ވަނީ ހަޖަހިލައިގެން ތިބެ، ރޭގަނޑު ނިދުންކަމަށާއި، މިދިޔަ ރޯދަ މަހު ވެސް ހޭލައި ތިބެން ޖެހުނު ހާލަތެއް އައިކަމަށް ބުންޏެވެ.

އާޒިމް ވިދާޅުވި ގޮތުގައި ދެވަނަ މައްސަލައަކީ، އިރުވައިފަރާތުން ރާޅުއަރާތީ ރައްޔިތުން ހަރަދުކޮށްގެން ކޮށި ޖަހައިގެން ތިބުމެވެ. އަދި މިދިޔަ އަހަރުގެ މޫސުމީ ދުވަސްވަރުގައި ތޮށިގަނޑު ވެއްޓިގެން ދިޔައީކަމަށް ވިދާޅުވި އެވެ. އެހެންވެ އާޒިމް އެދުނީ، ބަަނދަރުގެ މަޝްރޫޢު ވެސް ހުއްޓުމެއް ނެތި ކުރިޔަށް ގޮސް މި މައްސަލަ ވެސް ހައްލުވެގެން އައުމެވެ.

އެކަން ވުން އެއީ އަގަނޑުމެންގެ އެދުމަކީ،، އެހެންވީމަ އެކަން ވާނެ ކަމުގެ ފެހި ސިގްނަލް ރައީސް ތިދެއްވީ،، އެއީ އަޅުގަނޑުމެންނަށް ލިބޭ އެބުނުން ހިތްހަމަ ޖެހުމަކީ އެންމެ އުފާވެރި ކަމަކީ

މީގެއިތުރުން އާޒިމް ވިދާޅުވީ އަންނަ އަހަރު ފުޓުބޯޅަ ކުޅޭނެ ދަނޑު ޒުވާނުންނަށް ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ރަށުގެ އާބާދީ ކުޑަނަމެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާތީ، އެކަމަށް ޝުކުރު އަދާކުރި އެވެ. އާޒިމް ވިދާޅުވީ ގޮތުގައި، ދަނޑު ހަމަޖެހުމުން ކައުންސިލާއި ގުޅިގެން ތަނުގެ މެއިންޓެނެންސާއި ގުޅުން ހުރި ކަންކަން ޒުވާނުން ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

އޭގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި ފުޓްސަލް ދަނޑު ފާހަގަކޮށް އޭނާ ވިދާޅުވީ، ހަ އަހަރުވެގެން ދިޔަ އިރު ފީ ނަގައިގެން ތަން ބަލަހައްޓަމުން ދަނީ ވަރަށް ރަނގަޅަށްކަމަށް ވާތީ ކަމަށެވެ.

އާޒިމް ވަނީ ސަރުކާރުން ކުރިޔަށް ގެންދާ އެކި މަސައްކަތްތަކުގައި ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރަށުގައި ރަނގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަކުރައްވައި އާޒިމް ވިދަޅުވީ، މި މައްސަލަ ހައްލު ކުރާނެކަމަށް އެތައް ސަރުކާރަކުން ވައުދުވި ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ އެ ހުށަހެޅުންތަކަށް އެއްވެސް ސަރުކާރަކަށް ހައްލު ހޯދައިނުދެވުނުކަމަށް އާޒިމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި މަޑުއްވަރީ ސްކޫލުގެ ޕްރިންސިޕަލް ނައިރް އަޖިތް ވަނީ ސަރުކާރުން، ދަރިވަރުންގެ މުސްތަގުބަލަށް ވިސްނަވައި އަޅާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފަ އެވެ. ޕްރިންސިޕަލް ވިދާޅުވީ ވޭޕް މަނާކުރުމަށް ނިންމި ނިންމުމަކީ، ވަރަށް ހަރުދަނާ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި މިއީ މީގެ ކުރިން ހައްލު ކުރުމުގައި ދަތިތަކެއް ދިމާވެފައި އޮތް މައްސަލައެއްކަން ވެސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ފަރާތްތަކުން ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކެޕޭސިޓި އިތުރުކޮށްދިނުމަށް އެދުނެވެ. އަދި އަސާސީ ހިދުމަތްތައް ހޯދުމުގައި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަދޭން ވެސް ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: