ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލި-ނާލާފުށި ކޯޒްވޭ ފެށުމަށް ފަހު، ލަސްވީ ފަންނީ ކަންކަން ރަނގަޅު ކުރާތީ: ރައީސް

މިދިޔަ މޭއި މަހު އޮތް މ. މުލި - ނާލާފުށި ކޯޒްވޭގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މ. މުލި – ނާލާފުށި ކޯޒްވޭ މަޝްރޫޢު ފެށުމުގައި ލަސްތަކެއް އައީ، ބައެއް ފަންނީ ކަންކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތަކާއި ހުރެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުލި – ނާލާފުށި ކޯޒްވޭ ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު 600 ދުވަހުގެ ތެރޭގައި ނިިންމާ ގޮތަށް އެމްޓީސީސީއަށް ހަވާލު ކުރީ މިދިޔަ މާޗު މަހު އެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވެސް ރައީސް މުއިޒާއި، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ.

ތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނާލާފުށިއަށް ވަޑައިގެން ރައީސް ވަނީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ގެންދަވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބައެއް މަޝްރޫއުތަކުގައި މިއަދު ސޮއި ކުރެވުނު އިރު، އަނެއްބައި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފައި ކަމަށް ވިދާޅުވި އެވެ.

މުއްޔާއި ނާލާފުށި ކޯޒްވޭގެ ޢަމަލީ މަސައްކަތް، މިދިޔަ މޭއި މަހު ފެށުމަށް ފަހު ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައި ނަމަވެސް މިހާރު އަނެއްކާވެސް އެ މަޝްރޫއު ކުރިޔަށްދާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިން އެއްބަސްވުމުގައި އޮތް ތާރީހަށް ވުރެ ކުރިޔަށް މި މަސަައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އެއީ ފަންނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކެއް ހުރުމުންކަމަށާއި، ސަރުކާރުން ބޭނުން ވަނީ ބާރު ސްޕީޑެއްގައި ކުރިޔަށް ދާންކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ މަޝްރޫއުއަށް ލަސްތަކެއް ދިމާވީ ނަމަވެސް، އިތުރު މައްސަލައެއް ދިމާނުވެ މި ޕްރޮޖެކްޓު ދެން ކުރިޔަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޯޒްވޭގެ ވާހަކަ ދަންނަވާލައްންޏާ އަޅުގަނޑު އެކަމުގައި ފާހަގަކޮށްލަން ބޭނުން ވަނީ އެއީ ހަގީގަތުގައި ތިބޭފުޅުންނަށް.. މި ރަށުގެ ތަރައްގީއަށް ރައްޔިތުން އެންމެ މުހިންމު އެއް މަޝްރޫއުއަށް ވާނެ.. ވަރަށް ގިނަ ތަކުލީފުތައް.. ތައުލީމު ހާސިލު ކުރުމަށް ހާއްސަކޮށް، ދަރިވަރުން ބެލެނިވެރިން އުފުލަން ޖެހޭ.. ތަކުލީފަށް ނިމުމެއް އައުމާއި.. އަދި އިގްތިސާދީ ގޮތުންނާއި.. ޖުމްލަކޮށް ހުރިހާކަމެއް.. އަދި އެހެނިހެން ކަންކަމުގައި ވިޔަސް މުއްޔާއި ގުޅިގެން ދިއުމަކީ ވަރަށް މުހިންމުކަމެއް.. އެއީ ތިބޭފުޅުންނަށް އަޅުގަނޑުމެން ވާނީ މި މަޝްރޫއު ފަށާފައި.. މިހާރު އަޅުގަނޑުމެން ވާނީ ފަންނީ ގޮތުން ރަނގަޅުކޮށްލަނީ.. އެހެން ނުނީ އިތުރަށް ބާރަށް ގެންދެވޭ ގޮތް ހެދީ.. އެހެންވެ ކުޑަވަގުތުކޮޅެއް ނެގީ.. މިހާރު މިއޮތީ ކުރިޔަށް އޮތް ވުރެ ވެސް އަވަހަށް ނިންމޭނެ ގޮތަށް މިވަނީ ހަމަޖެހިފައި..

މުލި – ނާލާފުށި ކޯޒްވޭ އަކީ 655 މީޓަރުގެ ކޯޒްވޭއެކެވެ. މި މަޝްރޫޢު ނިމެގެންދާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުންވެސް ހިމެނެއެވެ.

އިތުރު މަސައްކަތެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ ރަށުގެ ބިމުގެ ދަތިކަމެވެ. ބޭނުން ކުރާނެ ޖާގައެއް ނެތުމުން، ބިން އިތުރުކޮށްދެއްވާނެކަމަށް ރައްޔިތުންނަށް ވައުދުވިކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުގެ މަތީން މިއަދު ފެށިގެން މިދަނީ ރައީސް ވިދާޅުވި ގޮތުގައި މިހާރު ރަށުގެ ބިމުގެ ސައިޒަށް ވުރެ ބޮޑު ސައިޒަކަށް ބިން ހިއްކުމުގެ މަސައްކަތެވެ.

ނާލާފުށީގައި މިހާރު 12 ހެކްޓަރު ހުރިއިރު، އިތުރު ކުރާނީ 15 ހެކްޓަރުކަމަށް ވާތީ މިއީ ރަށަށް ވުރެ ބޮޑު ސަރަހައްދެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ މަސައްކަތް އަދި ކޯޒްވޭގެ މަސައްކަތް ކުރިޔަށް ގެންދާނީ އެއް ކުންފުންޏަކުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: