ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.އެން.ޔޫ ކައުންސިލަށާއި އައި.ޔޫ.އެމް މަޖިލީހަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ މެންބަރުން އައްޔަން ކުރައްވައިފި

އެމް.އެން.ޔޫ ކައުންސިލަށާއި އައި.ޔޫ.އެމް މަޖިލީހަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ މެންބަރުން އައްޔަން ކުރެއްވުން : ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ކައުންސިލަށާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) މަޖިލީހަށް އެ ދެ ޔުނިވަރސިޓީ ގެ ޤާނޫނުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އައްޔަންކުރަން ކަނޑައަޅާފައިވާ 8 މެންބަރުން އައްޔަންކުރައްވައި އެ ބޭފުޅުންނާ މިއަދު ހެދުނު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ބައްދަލުކުރައްވައިފިއެވެ.

އެމް.އެން.ޔޫ ކައުންސިލަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:

ޑރ. އަސީލް ޖަލީލް
އަލްއުސްތާޛް މުޙައްމަދު ޝަޙްދީ އަންވަރު
ޑރ. އިބްރާހީމް ޒުހުރީ
އަލްފާޟިލް މުޙައްމަދު ނާޞިހް
އަލްފާޟިލާ ޢާއިޝަތު ހުދާ އަޙްމަދު
އަލްފާޟިލް އަޙްމަދު ޝާން މަންޞޫރު
ޑރ. ޝެހެނާޒް އާދަމް
އަލްފާޟިލް ޙާމިދު ޢަބްދުލް ޣަފޫރު

އައި.ޔޫ.އެމް މަޖިލީހަށް އައްޔަންކުރެއްވީ:

ޑރ. ޢަބްދުﷲ ޝިހާމް
އަލްފާޟިލް އަޙުމަދު ސިރާޖު
ޑރ. މުޙައްމަދު އިބްރާހީމް
ޑރ. މުޙައްމަދު ހަނީފް
އަލްފާޟިލާ ޢާއިޝަތު ނަޝީދާ
ޑރ. ޢަބްދުﷲ ނަޞީރު
ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު
އަލްފާޟިލާ ތޮއިބާ ސަޢީދު
 

މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގައި އެމް.އެން.ޔޫ ކައުންސިލަށާއި އައި.ޔޫ.އެމް މަޖިލީހަށް އައްޔަންކުރެއްވި ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މަތީ ތައުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރަށް މަސައްކަތްކުރުމުގެ މުހިއްމުކަމާއި ޤައުމަށް ބޭނުންވާ ދާއިރާތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްވާނޭ ގޮތަކަށް ޔުނިވަރސިޓީގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްދެއްވުމުގެ މުހިއްމުކަން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ފާހަގަކުރެއްވިއެވެ.

އެމް.އެން.ޔޫ ގެ ކައުންސިލްގައި މިނިސްޓްރީ އޮފް ހަޔަރ އެޑއިޔުކޭޝަނުން އައްޔަންކުރާ 8 މެންބަރުންނާއިއެކު ޖުމްލަ 19 މެންބަރުން ތިއްބަވާނެއެވެ. އަދި އައި.ޔޫ.އެމް މަޖިލީހުގައި ވެސް ހަމަ މިއަދަދަށް މެންބަރުން ތިއްބަވާނެއެވެ.

ޔުނިވަރސިޓީ ގެ ސިޔާސަތުތައް އެކަށަހަޅާ މުހިއްމު ނިންމުންތައް ނިންމާނީ އެމް.އެން.ޔޫ ގައި ނަމަ އެ ޔުނިވަރސިޓީ ގެ ކައުންސިލުން އަދި އައި.ޔޫ.އެމް ގައި ނަމަ އެ ޔުނިވަރސިޓީ ގެ މަޖިލީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: