ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އައު ޕްރޮގްރާމް؛ ގަވައިދާ ހިލާފު ވިޔަފާރި ކުރާ ގިނަ ބިދޭސީންތަކެއް ހިފެހެއްޓި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް އިތުރުވެފައި ވާތީ ފެށި ގައުމީ ބޮޑު އޮޕަރޭޝަނުގެ ތެރެއިން ގިނަ ބަޔަކު ހިފަހައްޓައި ޑީޕޯޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ޖުމްލަ ބިދޭސީންގެ އަދަދު ދެނެގަނެ، ތިން އަހަރުގެ ތެރޭގައި މި މައްސަލަ ހައްލު ކުުރުމެވެ. އެގޮތުން މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި ޑީޕޯޓު ކުރި އެވެ. އަދި ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށްޓަކައި ”އޮޕަރޭޝަން ކުރަނގި“ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައި ގިނަ ބައެއްގެ ދިހަ އިނގިލީގެ ނިޝާނާއި، ފޮޓޯ ހިމެނޭ ގޮތުން ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިތުރު ޕްރޮގްރާމެއް ފަަށައި މިހާރު އަމާޒުކޮށްފައި ވަނީ ގަވައިދާ ހިލާފު ވިޔަފާރިތައް ކުރަމުންދާ މީހުންނަށެވެ. އެގޮތުން، ގާނޫނާއި، ގާވައިދާ ހިލާފަށް އެކި ވިޔަފާރިތައް ހިންގައި އެކަމުގައި އުޅޭ ބިދޭސީންތައް ދެނެގަނެ، ޑީޕޯޓު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.

އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މި ޕްރޮޖެކްޓު އިއުލާނު ކުރެއްވުމަށް ފަހު މިރޭ ތ. ގުރައިދޫގައި ރައީސް ވަނީ މި މަސައްކަތުގެ ބައެއް ތަފާސްހިސާބުތައް ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އަހަރުން އަހަރަށް ގޯސްވީ އިރު ވެސް މިހާތަނަށް ހޯދުނު ހައްލެއް ނެތްކަމަށެވެ. ރައީސް ވިދާޅުވީ މާލެއާއި އެކި ތަންތަނުގައި ބިދޭސީން ވިޔަފާރި ކުރަމުން ދަނީ އެއްވެސް ބިރެއް، ޖެހިލުމެއް ވެސް ނެތި ކަމަށެވެ. އަދި މީގެ ސަބަބުން އެތައް ކުދި ވިޔަފާރިއަކަށް އޭގެ އަސަރު ކުރާކަމަށް ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި މިހާތަމަށް 475 ވިޔަފާރިއެއް ބަލައިފާސްކޮށް، އެ ތަންތަނުގައި މަސައްކަތް ކުރަމުން އައި ޖުމްލަ 950 މީހެއްގެ މައުލޫމާތު ވަނީ ނަގާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، މިގޮތަށް ބެލި ބެލުމުން 108 ބިދޭސީއަކު މިދިޔަ ފަސް ދުވަހުގެ ތެރޭގައި ހިފަހައްޓާފައިވާކަމަށެވެ. އަދި އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެން ބޭނުމެއްނޫން މިގޮތަށް ދިވެހީންގެ މަސައްކަތުގެ ތެރެއަށް ކުރިން އެކިގޮތްގޮތުން ނުގަވައިދުން ވައްދާފައި ތިބި ބިދޭސީން ނުގަވައިދުން އަޅުގަނޑުމެންގެ އިގްތިސާދު ހަލާކުވެގެން ދާގޮތަށް

ރައީސް ވިދާޅުވީ ގޮތުން ސެޕްޓެމްބަރު މަހުގެ 1 އިން 25 އާއި ހަމައަށް 110 ބިދޭސީއަކު ޑީޕޯޓުކޮށްފައި ވެއެވެ. އަދި ޑީޕޯޓު ކުރުމަށް މަރުހަލާތައް ފުރިހަމަ ކުރަމުން ދަނިކޮށް 230 މީހަކު އަމިއްލައަށް އެދިގެން އެ މީހުން ވެސް ފުރުވާލާފައިވާނެކަމަށް ވިދާޅުވި އެވެ. އެހެންކަމުން ޖުމްލަ 340 ބިދޭސީން ޑީޕޯޓުކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ބޮޑެތި އިމާރާތްތައް އެޅުމާއި އެކު މިފަދަ އިޖްތިމާއީ މަސައްކަތްތައް ވެސް ހައްލު ކުރައްވަމުން ގެންދަވާނެ ކަމަށެވެ. ސަރުކާރުން ދަނީ ގަވައިދާ ހިލާފު ބިދޭސީންގެ މައްސަލަ ދެމެހެއްޓެނިވި ގޮތެއްގައި ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: