ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ހުއްދަ ނެތި ހަރުކޮށްފައިހުރި ބެނާތަކާއި ޕޯސްޓަރުތައް ނަގަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިމާރާތް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ މަގުތަކުގައި ހުއްދަ ނެތި ހަރުކޮށްފައި ހުރި އިޝްތިހާރު ޕޯސްޓަރުތަކާއި ބެނާތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.

އެޗްޑީސީން މިރޭ ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކޯޕަރޭޝަންގެ ހުއްދަ ނެތި ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ޕޯސްޓަރާއި ބެނާ ހަރުކުރުމަކީ މަނާ ކަމެކެވެ. އަދި މިހާރު ހުއްދަ ނުނަގައި ހަރުކޮށްފައިވާ ބެނާތަކާއި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެޗްޑީސީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މަސައްކަތުގެ ތެރެއިން އެ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުނަގާނެއެވެ. ނަމަވެސް، ހުޅުމާލޭގައި ޕޯސްޓަރާއި ބެނާ ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މި ފިޔަވަޅަކީ ހުޅުމާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ރީތިކޮށް ބެލެހެއްޓުމަށާއި، ޤަވާއިދުތަކާ އެއްގޮތަށް އިޝްތިހާރުތައް ބެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މީގެ ސަބަބުން ހުޅުމާލޭގެ މަގުމަތީގެ މަންޒަރު އިތުރަށް ރީތިވެ، ހަރުދަނާ އުސޫލެއްގެ ދަށުން އިޝްތިހާރުތައް ބެހެއްޓިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: