ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވުމަށް ހުރަސް އަޅަން ނެރޭ ރިޕޯޓަކުން އަސަރެއް ނުކުރާނެ، ޖުމްހޫރީ މައިދާނަކީ ވެސް ރައްޔިތުންގެ ތަނެއް: ފައްޔާޒް

ލ. ގަމުގައި އިމާރާތްކުރި ފެނަކައިގެ އާ އޮފީސް ހުޅުވުމަށް ކުރީ ސަރުކާރުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު އަޑީގައި އޮވެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކިތަންމެ ގިނަ ރިޕޯޓުތައް ނެރެމުން ދިޔަ ނަމަވެސް އަންނަ މަހު އެމްޑީޕީން ބާއްވާ އެއްވުމުގައި ރައްޔިތުން މަގުތައް ފުރާލާނެކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓާއި އެކު ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. ފެނަކައިގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވީ، 2021 އިން 2023 އަށް ކުންފުނި ހިންގާފައިވާ ގޮތާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި ހަފްތާގައި ނެރުނު ރިޕޯޓާއެކުއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން ފެނަކައިގެ މާލީ ހާލަތު ގޯސްވެ، އާމްދަނީ އާއި ޓެރިފް ލޮސްގެ ފައިސާ އެކަށީގެންވާ ގޮތަކަށް މެނޭޖް ނުކުރެވުމުގެ ސަބަބުން، 2023 ވަނަ އަހަރުގެ ނިޔަލަށް 2.9 ބިލިއަން ރުފިޔާގެ ދަރަނި ހުރިކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ވެސް ކުރެވުނު މި ތުހުމަތުތައް އޮޑިޓު ރިޕޯޓުގައި އޮތް އިރު އޭރު ވެސް އެ ޕާޓީން ތުހުމަތުތައް ދޮގު ކުރި އެވެ.

މައްސަލައިގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ތުހުމަތު ކުރެއްވި ގޮތުން، މި އޮޑިޓު ރިޕޯޓު ނެރެފައި ވަނީ ސަރުކާރުގެ ނުފޫޒުންނެވެ. އަދި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޒާޒީ ބޭނުން ވަނީ މުދާވެރިކަންކަމަށް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުން އެއްވެސް އަސްލެއް ނެތް ހުކުމްތައް ތަކުރާރުކޮށް ކުރަމުން ދިޔަސް، ރައްޔިތުން އޮކްޓޯބަރު 3 ގައި މަގުތަކަށް ނިކުމެ މަގުތައް ފުރާލާނެކަމަށެވެ. އަދި ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މިއީ ފަސާދަނުވާ ވެރިކަމެއްކަމަށް ވަނީ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޖުމްހޫރީ މައިދާން ވަށައި ޓިނު ޖަހައި ބަންދުކުރި ނަމަވެސް އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއްކަމަށެވެ.

މި މައްސަލައިގައި އެމްޑީޕީ ވެސް ބަޔާނެއް އާންމު ކުރި އެވެ. އޮޑިޓް ރިޕޯޓު ކުށްވެރިކޮށް، އެމްޑީޕީ ބުނީ* މިއީ ރޭގަނޑު ދަންވަރު ސިޔާސީ ބަޔަކު ލިޔެފައިވާ ރިޕޯޓެއް ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައި، އޮޑިޓަރ ޖެނެރަލް ނިޔާޒީއަށް ބިރު ދައްކައިގެން ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގައި ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާނަމަ، އިންސާފުވެރި ޝަރީއަތަކުން ގޮތް ނިންމުމަށް މަރުހަބާ ކިޔާނެ ކަމަށާއި، މި ސަރުކާރުގެ ”ޕްރޮޕަގަންޑާ“ ތަކަށް ޖަވާބުދާރީ ވާނީ ހަމައެކަނި ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މި އެ ޕާޓީން ”ލޫޓުވާލައިފި“ ނަމުގައި 3 އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ނެރުނު ރިޕޯޓެކެވެ. މިފަދަ ރިޕޯޓުތައް ނެރުނު ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަންނަ ހުކުރު ދުވަހު ރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: