މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ބޯޑަށް ލަފާދިނުމަށް10 މެމްބަރުންގެ މައްޗަސް އެކުލެވޭ ކޮމެޓީއެއް އެކުލވައިލަން އާބިޓްރޭޝަން ބޯޑުން ނިންމައި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އާބިޓްރޭޝަން ސެންޓަރުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ސެންޓަރު އާބިރޭޝަން ގަވާއިދުތައް މުރާޖައާކޮށް ބޮޑު މެންބަރުންނަށް ލަފާ ދިނުމަށް 10 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ. ވީމާ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާ ދޭ ކޮމިޓީއަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝާރީއާގެ ދާއިރާއިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި އާބިޓްރޭޝަން ދާއިރާގެ އަމަލީ ތަޖުރިބާ ލިބިފައިވުމަކީ ވެސް އެ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތެކެވެ.
އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ވުޖޫދުވެ އެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އާބިޓްރޭޝަން ސެންޓަރު ހުޅުވީ އޭގެ ހަ އަހަރު ފަހުންނެވެ. އަދި އެ ސެންޓަރުގެ ބޯޑު ވެސް މިހާރު އެކުލަވާލެވިފައިވެ އެވެ. އެއީ ބޮޑުގެ ޗެއާޕާސަން އަހުމަދު ޝަހުދީއާއި، ވައިސް ޗެއާޕާސަން ހުސައިން ސިރާޖުގެ އިތުރުން މެންބަރު ސަފާ ޝަރީފެވެ.

