އިންޑިއާއަށް އެތެރެވާއިރު އޮންލައިކޮށް އެރައިވަލް ކާޑު ފުރިހަމަކުރުމުގެ އިންތިޒާމުތައް ހަމަޖައްސަައިފިއެވެ.
އިންޑިއާގެ އިމިގްރޭޝަނުން ތައާރަފްކޮށްފައިވާ ”އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު“ މެދުވެރިކޮށް އެ މުއައްސަސާއަށް ބޭނުންވާނެ މައުލޫމާތު އޮންލައިންކޮށް ފުރިހަމަކޮށްލެވެއެވެ. އަދި މި ބޮޑު ބަދަލާއިއެކު ކައުންޓަރު ސަރަހައްދުތައް ތޮއްޖެހިގެންދިއުން ހައްލުވެ އެއަރޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.
އަހަރެއްގެ މައްޗަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އިންޑިއާގައި މީގެ ކުރިން އޮންނަނީ ގައުމަށް އެތެރެވުމަށްފަހު އެރައިވަލް ކާޑު ފުރިހަމަކުރަންކަމަށްވާއިރު މިހާރު ފަތުރުވެރިއެއް ނުވަތަ ދަރިވަރެއް އަދި ވިޔަފާރިވެރިއެއް ނަމަވެސް މި ހިދުމަތް ބޭނުންކުރަންޖެހޭނެއެވެ.
އައު އިންތިޒާމުގައިވެސް މީގެ ކުުރިއާއި އެއްފަދައިން ފުރިހަމަކުރަންޖެހޭނީ ޕާސްޕޯޓު ނަންބަރާއި ދަތުރުގެ ބޭނުން އަދި ހުންނާނެ ތަނުގެ އެޑްރެސް ފަދަ މައުލޫމާތުތަކެވެ.

