ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓާރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ: ނައިބުރައީސް

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް  ހާމަކުރައްވައިފިއެވެ.

ދައުލަތުގެ އިންޓަރނަލް އޮޑިޓު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބުރައީސް ވިދާޅުވީ، ގައުމުގެ ހިންގުން ހަރުދަނާކޮށް ސަރުކާރާއި އެސްއޯއީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުންނަށް މަންފާ ލިއްބައިދޭ ނިޒާމެއް ގާއިމުކުރެވިފައިވާކަމާއިމެދު ޝައްކެއް ނެތްކަމަށެވެ. މިގޮތުން ދައުލަތުގެ މާލިއްޔާތު ގާނޫނަށް ބަލާއިރު ދައުލަތުގެ ފައިސާއާއި މުދާ ބެންކު އެކައުންޓުތަކާއި ފަނޑުތަކާއި ބަޖެޓު އެކުލަވާލުމާއި ހުށައެޅުމާއި މާލީ ހިސާބުތައް ހެދުން ލާޒިމުކުރާކަން ފެނިގެންދާކަމަށެވެ.

އެހެންކަމުން ގާނޫނުން އޮޑިޓުކުރެވޭނެ ނިޒާމެއްވެސް ފަހިކޮށްދީފައިވާކަމަށާއި ނިޒާމު ފުރާ ފުރިހަމަވެގެންދަނީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ސަބަބުންކަމަށް ފާހަގަކުރެއްވިއެވެ. ނައިބުރައީސް ވިދާޅުވީ، ނިޒާމަށް ދިމާވެފައިވާ ހިރާސްތައް ދެނެގަނެ އިންޓާރނަލް ކޮންޓްރޯލްތައް ވަރުގަދަކޮށް ފަހި ނަތީޖާއެއް ނެރެދިނުމަށް މަސައްކަތްކުރާ ބަޔަކަށް އޮޑިޓަރުން ވުމަށް އަޒުމު ކަނޑައަޅަންޖެހޭކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ހިއްސާވާ މުއައްސަސާތަކާއި ކުންފުނިތަކަކީ އަރަނިވެރި ކޮރަޕްޝަނާއި ދެކޮޅު ރައްޔިތުންގެ އިތުބާރު ލިބި ރައްޔިތުންނަށް މަންފާވާ ތަންތަނަށް ހެދޭނީވެސް އިންޓަރނަލް އޮޑިޓު ހަރުދަނާކޮށް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދީގެންނާއި އޮޑިޓަރުންގެ ލަފާތަކުގެ މައްޗަށް އަމަލުކުރެވިގެންކަމަށެވެ.

އިދާރީ ހިންގުން ހަރުދަނާކޮށް ދައުލަތުގެ އިދާރާތަކަށް އާންމުންގެ އިތުބާރު ދެމެހެއްޓުމުގައިވެސް ބޮޑު ދައުރެއް އޮޓިޓަރުންގެ ކިބައިގައި އޮތްކަމަށް އިޝާރާތްކުރެއްވިއެވެ. އަދި އިންޓާރނަލް އޮޑިޓަރުންގެ މަސައްކަތްތައް ތަންފީޒުކުރުމުުގައި ދަތިތައް ހުރިކަން ސަރުކާރުން ބަލައިގަންނަކަމަށާއި އެކަމަށް ހާއްސަ އިސްކަމެއްދީގެން ސަރުކާރުންދަނީ ހައްލެއް ގެނައުމަށް މަސައްކަތްކުރަމުންކަމަށެވެ.

ނައިބުރައީސް ވިދާޅުވީ، މިހާރު އިންޓާރނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް ކަނޑައެޅިފައިވާކަމަށާއި އެހެންކަމުން ދާއިރާގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: