ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލްހަވެރި ސިޔާސީ ހަރަކާތަށް ހުރަސް އަޅަން ސަރުކާރުން ވަނީ ގޭންގުތަކަށް ފައިސާ ދީފަ: އެމްޑީޕީ

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުން / ފޮޓޯ: އެމް.ޑީ.ޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސުލްހަވެރި ސިޔާސީ ހަރަކާތަށް ހުރަސް އަޅަން ސަރުކާރުން ގޭންގުތަކަށް ފައިސާ ދީފައިވާކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ”ލޫޓުވައިފި ލޫޓުވައިފި“ ނަމުގައި ބޭއްވުމަށް ނިންމާފައިވާ އެއްވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނަކީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެއްކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްކަން އެމްޑީޕީން ވަނީ އަރުވާފައެވެ.

އެމްޑީޕީން މައުލޫމާތު ދީފައިވާ ގޮތުގައި، ސެޕްޓެމްބަރު 28 ވަނަ ދުވަހު ފުލުހުންނާ ބައްދަލުކޮށް، އެއްވުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ވަނީ ލިޔުމުން އަންގާފައެވެ. އަދި ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށް ގެންދާނެކަމަށް އެ ޕާޓީއިން އަންގާފައި ނުވާނެކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ގޭންގުތަކަށް ފައިސާ ދިނުމުގެ ތުހުމަތު

އެމްޑީޕީން ބުނެފައިވާ ގޮތުގައި، މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް ރައީސް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އެކަން އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރިކަމެއްކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މި އެއްވުމަކީ ޕީއެންސީ ސަރުކާރުން އިގުތިސާދު ފުނޑާލައި، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ދައުލަތުގެ މުއައްސަސާތައް ސަރުކާރުގެ މުށުތެރެއަށް ނަގާފައިވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ރާވައިގެން ހިންގޭ ސުލްހަވެރި ހަރަކާތެއްކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: