ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރަށް ވާރުތަވެފައިވާ 272 މަޝްރޫޢު ކޮބާ؟ – މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަށް ވާރުތަވެފައިވާ 272 މަޝްރޫޢު ނުހިނގަނީ ކީއްވެތޯ ކުރީގެ ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ސުވާލުކުރައްވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ކ.ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވަމުންދާ ޑރ.މުއިއްޒު ވިދާޅުވީ ރައީސް ޔާމިންގެ ފަސްއަަހަރު ނިމުމުނުއިރު ނުނިމި 272 މަޝްރޫޢެއް އޮތް ކަމަށެވެ. އަދި އެމަޝްރޫޢުތަށް މި ސަރުޚާރުން ކުރިއަށްގެންދޭތޯ ސުވާލުކުރެއްވިއެވެ.

“މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ބަލާލިއިރު މަޝްރޫޢުތަކުގެ އަދަދަކީ 272 މަޝްރޫޢު. މި ދެންނެވީ ރައީސް ޔާމިން މުޅި ރާއްޖެ ތަރައްޤީ ކުރުމަށް ކުރައްވާ، ނިންމެވި މަޝްރޫޢުތަކުގެ އިތުރަށް، މި ސަރުކާރު އައިއިރު ނުނިމި 272 ކުރިއަށް ދަމުންދިޔަ. ސުވާލަކީ ކޮބާހޭ މި މަސައްކަތްތަށް؟”

މުއިއްޒު ވިދާޅުވީ މި ސަރުކާރު އައިފަހުން ރައީސް ޔާމިން އަތޮޅުތެރެއަށް ތިން ދަތުރުފުޅެއް ކުރެއްވިއިރު މި މަޝްރޫޢުތަށް ނުފެންނަ ކަމަށެވެ. އައު މަސައްކަތެއް ނުފެށުނުތާ މި ސަރުކާރަށް ވާރުތަވެފައިވާ މަޝްރޫޢުތަށް ކުރިއަށްގެންދަން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

30 މިލިއަންގެ ބޮޑު ރިކޯޑު ބަޖެޓެއް ހުސްވެގެން ދިޔައިރު 50 ބިލިއަނަށް ވުރެ ބޮޑު ދަރަންޏެއް ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިދޭތެރެއިން 70 މަޝްރޫއެއް ހިންގާވާހަކަ އަޑުއިވިގެން ދިޔަ ކަމަށާއި އެއެދަދަށް މަޝްރޫޢު ހިނގާތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ.

” ރައީސުލްޖުމްޙޫރިއްޔާވެސް ޕޯޑިއަމްތަކަށް އަރާވަޑައިގެން އަބަދުވެސް ވިދާޅުވަނީ މިވަރަށް މަޝްރޫޢު ހިނގާ ކަމަށް. އެކަމު އެޔެއް ނުއެއްފެނޭ. މަޝްރޫޢުތަށް ފެށޭނެ އޭ އަބަދުވެސް ވިދާޅުވަނީ. ވާހަކައާއި އަމަލާއި ދިމައެއްނުވޭ.”

މި ސަރުކާރުން އަބަދުވެސް ދައްކަނީ ކުރީގެ ސަރުކާރުގެ ދަރަނި ދައްކަން ޖެހިފައިވާ ވާހަކަ ކަމަށާއި އެފައިސާ ދިނުމަކީ މި ސަރުކާރަށް ދިމާވެފައިވާ މައްސަލައެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ދެއުޅިއެއްނުވާ މީހުން މަޤާމުތަކަށްލައިގެން ހިންގާ ސަރުކާރެއްމިއީ”

މި ސަރުކާރުން ބޯހިޔާވަހި ކަމުގެ20،000 ފްލެޓްގެ މަޝްރޫއެއް ހިންގުމަށް އިއުލާނުކުރިއިރު މިއި މި ސަރުކާރަށް ވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ރައީސް ޔާމިން ސަރުކާރުގައި ސޮއިކޮށް ފަށަން ތައްޔާރުވެފައި ހުރި ހައުސިން ޔުނިޓްތަކުގެ ވާހަކަ އެކަނި މާލޭ ސަރަޙައްދުން ފަށަން ހުރި ހައުސިންގް ޔުނިޓްތަކުގައި ހުރީ.”

މި ސަރުކާރުން ކުރީ ކީއްތޯ މުއިއްޒު ވަނީ އަނެއްކާވެސް ސުވާލު އުފައްދަވާފައެވެ. މި ސަރުކާރުން 5400 ހައުސިންގް ޔުނިޓްގެ މަޝްރޫއެއް ފަށާނެ ކަމަށް ވައުދުވެފައިވާ ކަމަށާއި މިއީ ކުރިން ޕްލޭންކޮށް ނިމިފައިވާ ޕްރޮޖެކްޓެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ ތެރެއިން 2500 ހައުސިން ޔުނިޓަކީ ކުރިން ސޮއިކޮށް ފައިސާ ހަމަޖައްސާފައިވާ ޕްރޮޖްޓެއް ކަމަށާއޮ ދެން ބާކީ ހުރީ ސޮއިކުރުމަށް ތައްޔާރުވެ ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތަށް ކަމަށެވެ.

މި ސަރުކާރުން ޤައުމަށް އައު ކަމެއް ތައާރަފް ކުރެވިފައިނުވާ ކަމަށް މުއިއިޒު ވިދާޅިވިއެވެ. އަދި ދުވަހެއް ދުވަހަކަށް ރައްޔިތުން ބިކަވެ ނިކަމެތިވަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: