ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތައް ހުއްޓުވުން ރައީސް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ބަނޑަށް ޖައްސައިފައިވާ ފަލަސްތީނުގެ ގައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރާ، ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތަކެއް އިސްރާއީލުން ހުއްޓުވުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހަތިޔާރަކާ ނުލައި ގައްޒާއަށް ޒަރޫރީ އެހީ ގެންދާ އާންމުން ތިބި އުޅަނދުތަކެއް ހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ބިރުދެއްކުމުގެ އަމަލުތަކަށް ރުހިގެން ތިބެވެން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”މިނިވަންކަމާއި އަސާސީ ވަސީލަތްތަކުން މަހުރޫމު ކޮށްފައިވާ އާބާދީއަކަށް އެހީ ފޯރުކޮށްދޭން ދާ ބަޔަކަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނިއްޔަތާ ވެސް ހިލާފު އަމަލެއް،“ ރައީސް ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓު މަހު ފެށި މި ހަރަކާތުގައި 44 ގައުމެއްގެ 500 އަށް ވުރެ ގިނަ މީހުން 40 އުޅަނދެއްގައި ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ދިވެއްސެއް ކަމަށްވާ އިބްރާހިމް ޝާޒް (ބޮޑޭ) ވެސް ހިމެނެއެވެ. ނަމަވެސް އިސްރާއީލުގެ ސިފައިން މިހާތަނަށް ވަނީ 200 އަށް ވުރެ ގިނަ މީހުން ތިބި 13 އުޅަނދެއް ހުއްޓުވައި، ބައެއް އުޅަނދުތަކަށް ހަތިޔާރާއެކު އަރައި، އުޅަނދުތަކުގައި ތިބި މީހުން ހިފަހައްޓާފައެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ އިސްރާއީލުން އެއްވެސް ރަހުމެއް ނެތި ތަކުރާރުކޮށް އިންސާނީ ކަރާމަތް ނަގާލައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން އެ ގައުމު އިތުރަށް އެކަހެރިވަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިސްރާއީލަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައި، ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި ސުލްހައާއި ސަލާމަތާއި އިންސާފަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: