ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަންކެޑެ ދޫކުރި ގަރާރު ރައީސް އުވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކުރައްވައިފިއެވެ.

މި ނިންމެވުމާ ގުޅިގެން، 2021 ވަނަ އަހަރުގެ ޑިސެންބަރު 2 ވަނަ ދުވަހު ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 8/2021 ގަރާރު، މިއަދު ނެރުއްވި ނަންބަރު 25/2025 ގަރާރުން ވަނީ އުވާލައްވާފައެވެ. ކުރީގެ ގަރާރުގައިވަނީ ހަންކެޑެ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށެވެ.

ހަންކެޑޭގެ ތާރީޚީ މަސައްކަތްތައް

ހަންކެޑޭގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން މަސައްކަތްތަކެއް ކުރެވިފައިވެއެވެ. 2005 ވަނަ އަހަރު 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ތޫނޑު ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނު ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރުމުން 2,500 ޑޮލަރުން ޖޫރިމަނާކޮށް ރަށް އަނބުރާ ނެގިއެވެ.

އޭގެ ފަހުން 2008 އަދި 2013 ވަނަ އަހަރު ދެ ކުންފުންޏަކާ ހަވާލުކުރެވުނު ނަމަވެސް، މަސައްކަތް ކުރިއަށް ނުދިއުމުން 2019 ވަނަ އަހަރު ސިންގަޕޫރުގެ ކްރެސެންޑާޒް ގްރޫޕާ އެކު ހެދި އެއްބަސްވުން ވެސް ވަނީ ބާތިލްކުރެވިފައެވެ.

އެންމެ ފަހުން 2024 ވަނަ އަހަރުގެ އޭޕްރީލް 16 ވަނަ ދުވަހު ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ އަޅައި، ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކުރެވުނު ނަމަވެސް، މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: