ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން އުމުރަށް ޖަލަށް ލެވޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ: ޑރ.ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން އުމުރަށް ޖަލަށް ލެވޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަކީ މި ގައުމުގެ ހަލާކު ކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ބާނީ ޝަހިންދާ އިސްމާއީލް ވިދާޅުވުމާއި ގުޅިގެންނެވެ.

އެ ޖަމްއިއްޔާއިން ހިންގާ އަމަލުތައް ޖަމީލް ސިފަކުރެއްވީ ރޭވިގެން އިސްލާމް ދިނާއި ދެކޮޅަށް ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ މަގްސަދުގައި ހިންގޭ ޖަރީމާއެއްގެ ގޮތުގައެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރުން ހައްލުކުރުމަށް ގާނޫނީ އަދަބު ދޭންޖެހޭކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކޮށް އެފަދަ ފަރާތްތައް އުމުރަށް ޖަލަށް ލުން ލާޒިމް ކުރަންޖެހޭ ކަމަށެވެ.

 

https://twitter.com/MJameelAhmed/status/1180095794512162817

ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ބަލައި ނުގަނެވޭނެ ކަމަށްވެސް ޖަމީލް ވިދާޅުވެފައިވެއެވެ.

ޖަމީލް ވިދާޅުވީ ކޮންމެ ފަހަރަކު ބުރަ މަސައްކަތުން ސަރުކާރު ގެންނަނީ “ހެޔޮ ގޮތް” ހޯދަން ކަމަށާ އެ ގޮތް އޮތީ އިސްލާމް ދީނުގައި ކަމަށެވެ.

އެހެން ނަމަވެސް ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ބަލައި ނުގަނެވޭނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. ޖަމީލް ވަނީ ސަރުކާރުން ފިޔަވަޅު ނޭޅިނަމަވެސް ދީނުގެ ދިފާއުގައި ދިވެހިން ތެދުވާނެ ކަމަށް ވިދާޅުވެފަ އެވެ.

https://twitter.com/MJameelAhmed/status/1179805387786055680

ހައްދު ފަހަނައަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ އެމްޑީއެން އިން ހެދި އެސެސްމެންޓް ރިޕޯޓެއްގައި އިސްލާމް ދީނަށް ފާޑު ކިޔައިފައިވާތީ އެ ޖަމްއިއްޔާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން ޝަހިންދާ ވަނީ މާފަށް އެދިފައެވެ. ނަމަވެސް އޭނާ ވަނީ ފަހުން އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓްގެ ދިފާއުގައި ފުލުފުލުން ޓުވީޓުކޮށްފައެވެ.

ޝަހިންދާ ވަނީ އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަކީ މި ގައުމުގެ ހަލާކުގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ އެފަދައިން ބުނެފައިވަނީ އެ ރިޕޯޓާއި ދެކޮޅަށް އިސްލާމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓަރ ބަސް ވިދާޅުވުމާއި ގުޅިގެންނެވެ.

ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް ކަމަށް ވުމުން ގިނަ ބަޔަކު ވަނީ އެ ޖަމްއިއްޔާ އުވާލުމަށް މިނިސްޓަރ މަހުލޫފަށް ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: