ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ގައި އެމްޓީސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތު!

އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ސޯލިހު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ތެރޭގައި އެމްޓީސީސީގެ މަހާޖައްރާފު މަރާމާތުކުރުމުގެ ނަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން މަހާޖައްރާފަކީ އެ ކުންފުނިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ އެންމެ ބޮޑު އުޅަނދެވެ. އަދި އެ އުޅަނދަށް ލިބުނު ގެއްލުމެއްގެ ސަބަބުން މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި 2022 ވަނަ އަހަރުގެ ތެރޭގައި ޑުބާއީގެ ޑޮކްޔާޑުން ހިދުމަތް ހޯދިއިރު އެ މަސައްކަތްތަކަށް އެކަށީގެން ނުވާ އެތައް ގުނަ އިތުރު އަގެއްގައި ހަރަދުކޮށްފައިވާކަމަށްވުމުން އެ އަމަލުގެ ތެރެއިން ކޮރަޕްޝަނަސް މަގުފަހިވާކަން އޮޑިޓަށް ފެނިފައިވާކަން ހާމަކޮށްފައިވެއެވެ.

އެހެންކަމުން މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ތަހުގީގުކޮށްދިނުމަށް އެސީސީއަށް ހުށައަޅާފައިވާކަން ހިއްސާދާރުންނަށް އަންމުކޮށް އަންގާކަމަށް ބުނެފައިވެއެވެ.

މަހާޖައްރާފާއާއި ގުޅޭގޮތުން އެމްޓީސީސީ ބަޔާނެއް އާންމު ކުރިއިރު ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާ މައްސަލައެއް ވެސް އެމްޓީސީސީން ދަނީ ބަލަމުންނެވެ.

ހިއްސާދާރުންގެ ފައިސާ ބޭނުންކުރުމުގައި ބޮޑެތި އިހުމާލުތަކެއްވުމާއި އެހެނިހެން މައްސަލަތަކެއް ކުންފުންޏަށް ފާހަގަވެފައިވާކަމަށް އެމްޓީސީސީން ހާމަކުރި އިރު ކުރީ ސަރުކާރުގައި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަކަންކަން ހިނގިކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި އެސްއޯއީ ގިނަ ކުންފުނިތަކުގެ ދަރަނީގެ ހާލަތު ވެސް އޮތީ ވަރަށް ބޮޑުތަނުން ގޯސްވެފަ އެވެ.

މި މައްސަލަތައް ތަހުގީގު ކުރަމުންގެންދާއިރު، އޮޑިޓު ރިޕޯޓުން ފާހަގަކުރެވުނު އިތުރު މައްސަލަތައް އަދި އެމްޓީސީސީން ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: