ކަންކަން އޮޅުންނުފިލުވައި ވާހަކަދެއްކުމަކީ، އިސްލާމް ދީނުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ މުއުމިނުންގެ ބަސް މަގުގެ މައްޗަށެވެ.
ހުތުބާގައި ބުނެފައިވަނީ ބުނާ ބަސްތަކާއި، ކުރާ ޢަމަލުތަކަކީ އަބަދާއި އަބަދު ލިޔެވި ރައްކާކުރެވޭ ކަންކަމަށާއި، ޤިޔާމަތްދުވަހުން އެ ތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެކަމަށެވެ. އެއީ އޭނާގެ ޢަމަލުތަކުގެ ފަތްކަަމަށްވެސް ފާހަގަކޮށްފައެވެ
އެހެންކަމުން މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި، އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނޭކަމެއްކަމަށް ފާހަގަކޮށް ހުތުބާގައި ވަނީ، އޭގެ ކުރީން އެ ވާހަކައެއްގެ ޙަޤީޤަތަކީ ކޮބައިތޯ ބަލަން ޖެހޭނެކަމަށެވެ. އެއީ ހަމަ ހިނގި ކަމެއްތޯއާއި ކިހިނެއް ހިނގިކަމެއްތޯ ބަލާން ޖެހޭނެކަމަށާއި، ސްލާމް ދީނުގައި ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރުމުގެ މިނިވަންކަން ދެއްވައިފައިވަނީ މި ކަންކަމަށް ރިޢާޔަތްކޮށްގެންކަމަށް ހުތުބާގައިވެއެވެ.
މީހަކު ދައްކާހައި ވާހަކައަކީ، އަދި ފަތުރާހައި ޚަބަރަކީ ތެދެއްނޫކަމަށް ބުނެ، ހުތުބާގައިވަނީ އަދި އޭގެ މުރާދު ދެނެގަންނާން އެންމެންނަށް އެނގޭނޭ ވާހަކައެއްވެސް ނޫންކަމަށެވެ. އެހެންކަމުން ދީނާއި މުޖުތަމަޢުގެ މަޞްލަޙަތު އެކުލެވޭ ވާހަކަތައް ކަންފަތަށް އިވުމުން، އެ ކަމާ މެދު މަޞްލަޙަތުވެރީން ދެކޭ ގޮތް، އޮޅުން ފިލުވުމަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެފައިވެއެވެ.
ބައެއް މީހުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް، ފާޑުފާޑުގެ ވާހަކަތައް ފަތުރައިއުޅޭކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި މީހުން ބަދުނާމުވެ، އަބުރުގެއްލޭ ޒާތުގެ ވާހަކަ މަދެއްނޫންކަމަށާއި، ޒަމާނަކީ ވާހަކަތައް ފަތުރައިލާން ވަރަށް ފަސޭހަ ޒަމާނެކަމަށްވެސް ހުތުބާގައިވެއެވެ. މީސްމީޑީއާގެ މަންސަތައް މެދުވެރިކޮށް، ވާހަކައެއް ފަތުރައިލުމަށް މިއަދު ބޭނުންވަނީ ކުޑަ ހިނދުކޮޅެއްކަމަށާއި، އެ ވާހަކައެއް ލިޔެ ފަތުރައިލުމަށް ފިތަކަށް އޮބައިލީމައި، އެ ވާހަކައެއް އެ އޮތީ މުޅި ދުނިޔެއަށް ޢާންމުވެފައިކަން ހަނދުމަކޮށްދެއްވާފައިވެއެވެ. ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ފާފަވެރިވެދާނޭކަމެއްކަންވެސް =ވެއެވެ.
މާތް الله ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. ”އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ.“ ވީއިރު ސާބިތުނުވާވާހަކަތައް ފެތުރުމަކީ، ޒިންމާދާރު މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެ ފަދަވާހަކަތައް ފަތުރައިނޫޅުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތްކޮށް ނަސޭހަތްތެރިވަމެވެ. މީހުން ފަތުރާ ވާހަކަތަކަކީ، ދޮގެއްތޯ ނުވަތަ ތެދެއްތޯ މީސްތަކުންނެއްނުބަލައެވެ. އޭގެ ބަދަލުގައި އެ މީހުން ބަލަނީ، އަވަހަށް އެ ވާހަކައެއް ފަތުރައިލެވޭތޯއެވެ.އެއީ ދޮގަކަށް ވެއްޖެ ނަމަ ނިކުމެދާނެ ހިތި ނަތީޖާއަކަށް އަދި އޭގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް އަދި ތިމާއަށް ލިބިދާނެ ފާފައަކަށް ނުބަލައެވެ.
ހުތުބާގައިވެއެވެ.

