ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކޯސްޓަލް ކްލީނަޕް 2025“ ނަމުގައި މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް

"ކޯސްޓަލް ކްލީނަޕް 2025" ނަމުގައި މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެެރެއިން/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް، ޓުރިޒަމް މިނިސްޓްރީއާއ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ”ކޯސްޓަލް ކްލީނަޕް 2025“ ނަމުގައި މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

ހުޅުމާލޭގައި މިއަދުގެ ހެނދުނު ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރ ތޯރިގް އިބްރާހީމާއި، ދިވެހި ބަހުގެ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި ކުރިއަށްދިޔަ މި ހަރަކާތުގައި ގޮނޑުދޮށް، ހޭޅިފަށް އަދި މޫދު ސާފުކުރުމުގެ އިތުރުން، ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދާފައިވެއެވެ.

އެޗްޑީސީން ހަރަކާތުގެ މައުލޫމާތު ދެމުން ބުނ ”ކޯސްޓަލް ކްލީނަޕް 2025“ ގައި 3000 އެއްހާ މީހުން ބައިވެރިވި ކަމަށެވެ. އަދި މި ހަރަކާތުގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި، އެންޖީއޯތަކާއި ސްކޫލްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން، އަދި ހާއްސަކޮށް ހުޅުމާލޭގެ މޫދު ސާފުކޮށް ބެހެއްޓުމެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ ކުނީގެ އޮޑިޓްއެއް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި އެއްކުރެވޭ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެހީއާއެކު ރާއްކާތެރިގޮތެއްގައި މެނޭޖްކުރުމަށް ގެންދާނެއެވެ. މި އާއިއެކު، އެ ދުވަހުގެ ރޭގަނޑުގައި ’މަންސަ‘ ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ހިންގުމަށް ވަނީ ރާވާފައިއެވެ.

މި ހަރަކާތްތަކަކީ ދުނިޔޭގެ އަދި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާތާއި ގުޅިވައިގެން ހިންގާ ހަރަކާތްތަކެކެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ 27 ސެޕްޓެމްބަރެވެ. އަދި ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރަމުން އަންނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ގައިއެވެ. މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ ފަތުރުވެރިކަމާއި ދެމެހެއްޓެނެވި ބަދަލު މި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: